ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެގެން ޖޭ.އޭ މަނަފަރު ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި މިއަދު ބުނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޖޭ. އޭ މަނަފަރު މޯލްޑިވްސް ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ ޓެސްޓްގެ ނަތީޖާ ލިބެންދެން އެ ރިސޯޓު ވަނީ މޮނިޓަރިންގްއަށް ލެވިފައި ކަމަށެވެ.
ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގްއަށް ލެވިފަ
— Health Protection Agency (@HPA_MV) March 25, 2020
މުޅި ރާއްޖެއިން މިހާތަނަށް ކޮވިޑް19 ފެނިފައިވަނީ 13 މީހެއްގެ ގައިންނެވެ. އެ ހުރިހާ އެންމެންނަކީ ވެސް ބިދޭސީންނެވެ. އޭގެތެރޭގައި ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް އައިސްފައި ތިބި ފަތުރުވެރިންނާއި ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުން ހިމެނެއެވެ. ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ފަސް މީހަކު މިހާރު ރަނގަޅުވެފައިވާ ކަމަށް ވެސް ސަރުކާރުން ވަނީ ދާދިފަހުން ހާމަކޮށްފައެވެ.