Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު ކޮރޯނާ ވައިރަސް

އިތުރު ހަފްތާއަކަށް ސަރުކާރާއި ސްކޫލްތައް ބަންދުކޮށްފި

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުން ގެންދާ ވެލާނާ ބިލްޑިންގ --

އިތުރު ހަފްތާއަކަށް ސަރުކާރާއި ސްކޫލްތައް ބަންދުކޮށްފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އަންނަ އާދީއްތަ ދުވަހުން ފެށިގެން، އިތުރު އެއް ހަފުތާގެ މުއްދަތަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ.

"އެ މުއްދަތުގެ ތެރޭގައި ސްކޫލްތަކާއި ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ ކިޔެވުންވެސް ބަންދުވާނެ" ރައީސް ވިދާޅުވިއެވެ.

ސަރުކާރާއި، ސްކޫލްތަކާއި އަދި ކޮލެޖްތަކާއި އަދި ޔުނިވާސިޓީތައް ހަފްތާއަކަށް ބަންދުކުރަން ނިންމުމުގެ އިތުރުން މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން، ރާއްޖެއިން އޮންއެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ވެސް މިހާރު ވަނީ ނިންމާފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް 13 މީހަކު ޕޮޒިޓިވްވިއިރު، އޭގެތެރެއިން އަށް މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.