Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު ކޮރޯނާ ވައިރަސް

ކޮވިޑް-19: މައްކާ، މަދީނާ، ރިޔާދު ލޮކްޑައުން ކޮށްފި

މުސްލިމުންގެ މުގައްދަސް ދެ ބިން ކަމުގައިވާ މައްކާ އާއި މަދީނާ އަދި ސައުދީ އަރަބިޔާގެ ވެރިރަށް ރިޔާދު މާދަމާއިން ފެށިގެން ބަންދުކުރުމަށް ސައުދީ ރަސްގެފާނު ނިންމަވައިފިއެވެ.

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު މިގޮތަށް ނިންމަވާފައިވަނީ އެގައުމުގައި ކޮރޯނާ ވައިރަސް ފެތުރޭ މިންވަރު އަވަސް ވުމާއި ގުޅިގެން އެބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށެވެ.

ސައުދީގައި މިހާރުވެސް ވަނީ 21 ދުވަހަށް ކާފިއު އިއްލާންކޮށްފައެވެ.

ސައުދީ ޕްރެސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ރަސްގެފާނު ވަނީ މައްކާ އާއި މަދީނާ އަދި ރިޔާދަށް ވަދެ ނިކުމެވޭ ހުރިހާ ބޯޑަރެއް ބަންދުކޮށްފައެވެ. މީގެ އިތުރުން ސައުދީގެ އެތެރޭ އުދުހުންތަކާއި، އެއްގަމު ދަތުރުފަތުރުވެސް ވަނީ މަނާކޮށްފައެވެ.

ސައުދީން ކޮވިޑް-19 ޖެހިފައިވާ 203 މީހަކު ފެނިފައިވާ އިރު އިއްޔެ އެގައުމުން ވަނީ އެބަލީގައި އެކަކު މަރުވެފައެވެ.