މެލޭޝިއާއިން ރާއްޖެ އަންނަން ތިބި ދިވެހިންނަށް އޮންލައިންކޮށް ޓިކެޓު ގަނެވޭނެ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފިއެވެ.
އެ އެއާލައިނުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މިއަދު ހަވީރު 5އިން ފެށިގެން އޮންލައިންކޮށް ޓިކެޓް ގަނެވޭނެ ކަމަށެވެ. މިވަގުތު މެލޭޝިއާއިން ފުރަން ޝެޑިއުލްކޮށްފައި ވަނީ މި މަހުގެ 8 ވަަނަ ދުވަހު މެލޭޝިއާ ގަޑިން ހެނދުނު 6 (ރާއްޖެ ގަޑިން މެންދަމު 3:00) ޖަހާއިރު ކަމަށް މޯލްޑިވިއަން އިން ބުނެއެވެ. އެ އެއާލައިން އިން ބުނީ ފުރާގަޑިއަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ތިބި ދިވެހިންގެ ތެރެއިން އެނބުރި އަންނަން ބޭނުންވާ ފަރާތްތައް ގެނައުމަށް މޯލްޑިވިއަން އިން ކުރާ ދަތުރުގެ ޓިކެޓު 400އެވެ. އެ ކޮމިޝަނުން ބުނީ މެލޭޝިޔާއާއި ދިވެހިރާއްޖެއާ ދެމެދު މޯލްޑިވިއަން އިން ބާއްވަން ރާވާފައިވާ ފްލައިޓުން މާލެ ދަތުރު ކުރަން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީ ކުރަން ހުޅުވާލެވުނު ލިސްޓްގައި، މިހާތަނަށް 800 އަށް ވުރެ ގިނަ ދިވެހިން ރެޖިސްޓަރީ ކޮށްފައިވާ ކަމަށެވެ.
މޯލްޑިވިއަން އިން ރޭގެ ވަގުތެއްގައި ވަނީ ލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އައުމަށް ބޭނުންވާ 100 އަށްވުރެ ގިނަ ދިވެހިން ގެނެސްދީފައެވެ. މިއަދުގެ ވަގުތެއްގައި އިންޑިއާގެ ކޮޗިންގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ކުރާނެއެވެ.