ކޮމިޝަނަރ އޮފް ކަސްޓަމްސް އަހުމަދު ނުއުމާން އަވަހާރަވުމުގެ ހިތާމާގައި ކަސްޓަމްސްގެ މައި އޮފީސް މިއަދު ބަންދުކޮށްފިއެވެ.
ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮމިޝަނަރ އަވަހާރަވުމާ ގުޅިގެން މިއަދު މާލޭގައި ހުންނަ މައި އޮފީސް ބަންދުކޮށް، ތިން ދުވަހަށް ކަސްޓަމްސްގެ ދިދަ ބައި ދަނޑިއަށް ތިރިކުރާނެ ކަމަށެވެ.
މިސަރުކާރު އައި ފަހުން ކަސްޓަމްސްގެ ކޮމިޝަނަރުގެ މަގާމަށް ނުއުމާން އައްޔަން ކުރުމަށް ފަހު ކަސްޓަމްސް ހިންގުމަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ކޮރަޕްޝަން ހުއްޓުވުމާއި ނުފޫޒުން ދުރުކުރެވިފައިވާ ތަނަކަށް ކަސްޓަމްސް ހެދުމަށް އޭނާ ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ.
ނުއުމާން އަވަހާރަވީ އާލާސްކަންފުޅެއްގައި އިންޑިޔާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭގެ ވަގުތެއްގައެވެ.