Last Updated: November 24, 13:10
Sunday, November 24, 2024
ޚަބަރު

ދުނިޔެ ކާބޯތަކެއްޗަށް ޖެހިދާނެ ކަމުގެ އިންޒާރު ޔޫއެން އިން ދީފި

Photo:Impactpool

ދުނިޔޭގައި ބާރު މިނެއްގައި ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަހާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ވިޔަފާރިތަށް ހުއްޓި، ޤައުމުތަކުގެ ބޯޑަރުތަށް ބަންދުވުމާއެކު، ސަޕްލައި ޗެއިންތަށް ބަންދުވެ، ދުނިޔެ ކާބޯތަކެއްޗަށް ޖެހިދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.

ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ފޫޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ) އިން މިދިޔަ މަހު ނެރެފައިވާ ރިޕޯޓުގައި ވާގޮތުން، "ސުޕަމާކެޓްތަކުގެ ހަރުގަނޑުތަކުގައި މިހާރު ތަކެތި ހުރިނަމަވެސް، ދިގު ދެމިގެންވާ ޕެންޑަމިކެއްގެ ސަބަބުން، ދަނޑުވެރިންނާއި، ދަނޑުވެރިކަމުގައި ބޭނުންކުރާ ތަކެއްޗާއި، ޕްރޮސެސިންގ ޕްލާންޓްތަކާއި، ޝިޕިންގ ކުރާ ފަރާތްތަކުގެ އިތުރުން ރީޓެއިލް ކުރާ ފަރާތްތަކާއި އެނޫންވެސް ފަރާތްތަށް ގުޅިފައިވާ ސަޕްލައި ޗެއިންތަކަށް ހީނަރުކަން އައުމަކީ ވަރަށް ގާތްކަމެކެވެ."

މިވަގުތު ދުނިޔެ އޮތް ހާލަތުން އަދި ކާބޯތަކެއްޗަށް ދުނިޔެ ނުޖެހުނު ނަމަވެސް، ކޯވިޑް-19 ފެތުރުނަ ނުދިނުމަށްޓަކައި ޤައުމުތަކުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ބޯޑަރުތަށް ބަންދު ކުރުމުގެ ސަބަބުން ކާނާގެ ބާވަތްތަށް އުފެއްދުމާއި، އެއް ޤައުމުން އަނެއް ޤައުމަށް ފޮނުވުމުގައި ބޮޑެތި ދަތިތަކެއް އުފެދުން އެކަށީގެންވެއެވެ. މީގެ ސަބަބުން އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރުން އެކަށީގެންވަނީ ކާބޯތަކެތީގެ އުފެއްދުންތެރިކަން ކުޑަ ޤައުމުތަކަށެވެ.

އެގޮތުން، އެއަރލައިންތަކުގެ ފްލައިޓުތަށް ގްރައުންޑްކޮށް، ޕޯޓުތަށް ބަންދުކުރުމާއެކު އެތަކެއް ބޭސް، ކާނާ އަދި އެނޫންވެސް ތަކެތީގެ ކޮންޓެއިނަރުތަށް ޓަރމެކްތަކާއި ހޯލްޑިންގ އޭރިއާތަކުގައި ތާށިވެފައިކަމަށް ވަނީ މާރޗު 25ގައި ބޭއްވުނު ޓްރޭޑް އަދި ތަރައްޤީ އާއި ބެހޭ ކޮންފެރެންސެއްގައި ފާހަގަކޮށްފައިވެއެވެ.

ފާއިތުވި މަހުގައި ނެރެފައިވާ ކޮމިޓީ އޮން ފޫޑް ސެކިއުރިޓީ (ސީއެޕްއެސް) އިން ނެރުނު ލިޔުމެއްގައިވެސް ބުނެފައިވާގޮތުން، މިހާލަތުގައި އެންމެ ބޮޑު އަސަރެއް ކުރާނެކަމަށް ލަފާކުރެވެނީ ފަޤީރު ހާލުގައި ދިރިއުޅެމުންދާ މީހުންނަށެވެ.

މަސްދަރު: ސީއެންއެން