ކޯވިޑް-19 އާއި ގުޅިގެން އިންޑިއާގައި އިއުލާނުކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފިއެވެ.
އެޤައުމުގެ ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީ ވިދާޅުވީ މޭއި މަހުގެ 3 އާއި ހަމައަށް ލޮކްޑައުންގެ މުއްދަތު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މާރޗު 25ގައި އިއުލާން ކުރެވުނު ލޮކްޑައުން މި ހަފްތާގެ ބުރާސްފަތި ދުވަހު ނިމެން އޮތް ނަމަވެސް، ލޮކްޑައުންގެ މުއްދަތު އިތުރުކުރުމާ ގުޅޭ ގޮތުން މޯދީ ވިދާޅުވީ "އަހަރެމެންވަނީ އިޤްތިޞާދީ ގޮތުން ބަލާނަމަ ބޮޑު އަގެއް ދައްކާފަ. ނަމަވެސް އިންޑިއާ މީހުންގެ ފުރާނަ އެއަށްވުރެ މާ އަގުބޮޑު" ކަމަށެވެ.
ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު ދެކުނު އޭޝިޔާގެ ޤައުމުތަކަށް ކޯވިޑް-19 އާއި ގުޅިގެން ކޮށްފައިވާ އަސަރު ކުޑައެވެ. ނަމަވެސް އިންޑިއާއިންވެސް މިހާތަނަށްވަނީ 10،000 މީހުންނަށް މި ބަލި ޖެހި، 339 މީހުން މަރުވެފައެވެ. އަދި މައެއް މާހިރުން ބުނާ ގޮތުގައި އެކަށީގެންވާ މިންވަރަށް ޓެސްޓުތައް ހެދިފައިނެތުމުން ހަޤީޤީ އަދަދުތައް އެއަށްވުރެ މަތިވުން އެކަށީގެންވެއެވެ. އަދި މުޅި ދުނިޔޭގެ އެންމެ ތޮއްޖެހިފައިވާ ސިޓީތަށް އިންޑިއާގައި ތިބުމާއެކު، މިއަދަދުތަށް އިތުރުވުންވެސް އެކަށީގެންވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.
އަދި އެޤައުމުން އެންމެ ބޮޑަށް ބަލީގައި އަސަރުކޮށްފައިވާ ސްޓޭޓްތައް ކަމަށްވާ މަހަރާޝްޓްރާ، ޓަމިލްނާޑޫ އަދި އޮޑީޝާގެ ލޮކްޑައުން މުއްދަތު ވަނީ މީގެ ކުރިން އިތުރުކޮށްފައެވެ.