Last Updated: November 27, 18:13
Wednesday, November 27, 2024
ޚަބަރު

ކުޑަކުދިންގެ ހިޔާ: ރަނގަޅު ކުރަންޖެހޭ 34 ކަމެއް ރައީސްއާ ހަމައަށް!

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތި" - ފޮޓޯ: ސަން

ކުޑަކުދިންގެ ހިޔާގައި އިސްލާހު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ފާހަގަ ކުރެވިފައިވާ ކަމަށާއި އެގޮތުން ކުޑަކުދިންގެ ހިޔާގައި ރަނގަޅު ކުރަންޖެހޭ 34 ކަމެއް ފާހަގަކޮށް އެކަންކަން ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނެސްފިއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ހާމަކޮށް ކޮމިޝަންގެ ރައީސް އާފިޔާ އަލީ ސޮއިކޮށް ނެރުއްވި ބަޔާނުގައި ބުނެފައިވަނީ، ކުޑަކުދިންގެ ހިޔާއަށް ޒިޔާރަތްކޮށް ބެލި އިރު އެތަނުގެ އާންމު ސާފު ތާހިރުކަމާއި ތަނުގެ ސެކިއުރިޓީއާއި ހިންގުމާއި ކުދިންނަށް ލިބޭ ހިދުމަތްތަކާ ގުޅިގެން އެ މަރުކަޒުގައި މިހާރުން މިހާރަށް ރަނގަޅު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެކަންކަން އިސްލާހުކުރުމަކީ ކުޑަކުދިންގެ ހިޔާގައި މިހާރު ތިބި ކުދިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަމުގައިވާތީ، އެކަންކަން ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެންދަން ހާއްސަ ރިޕޯޓެއް އެ ކޮމިޝަނުން އެކުލާފައިވާ ކަމަށް އާފިޔާ ވިދާޅުވިއެވެ. އެ ރިޕޯޓްގައި އެތަނުގެ އާންމު ސާފުތާހިރުކަމާއި ތަނުގެ ސެކިއުރިޓީއާއި ތަނުގެ ހިންގުމާއި ކުދިންނަށް ލިބޭ ހިދުމަތްތަކާ ގުޅިގެން އެ މަރުކަޒުގައި މިހާރުން މިހާރަށް ރަނގަޅު ކުރަންޖެހޭ 34 ކަމެއް ފާހަގަކޮށްފައިވާނެ އާފިޔާ ސޮއި ކުރައްވާ ނެރުއްވި ބަޔާނުގައިވެއެވެ.

މި ކޮމިޝަނަކީ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބެލުމަށް މިއަހަރުގެ ފެބްރުއަރީ 20 ވަނަ ދުވަހު ރައިސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަނެކެވެ.