ކޮވިޑް19 އަށް މާލެއިން ބަންގްލަދޭޝް އިތުރު މީހަކު ޕޮޒިޓިވްވެއްޖެއެެވެ.
އެޗްޕީއޭއިން މީގެ ކުރިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މާލޭ ފުލޫ ކުލިނިކަށް ދެއްކި މީހެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތް ފެނިގެން ކުރި ޓެސްޓުން އެމީހާ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މިއީ މާލެއިން މި ބައްޔަށް ޕޮޒިޓިވްވި 16 ވަނަ މީހާއެވެ. އަދި މިއީ ބަލި ޖެހުނު ބަންގްލަދޭޝްގެ ދެވަނަ މީހާއެވެ. މި މީހާ އައިސޮލޭޝަން ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މިމީހާގެ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ވަނީ ފަށާފައެވެ.
މި މީހާ ޕޮޒިޓިވްވުމާއި އެކު މާލެއިން މި ބައްޔަށް ޕޮޒޮޓީވްވި މީހުންގެ އަދަދު މިވަނީ 36 އަކަށް އަރާފައެވެ.