Last Updated: April 19, 18:47
Saturday, April 19, 2025
ޚަބަރު ކޮރޯނާ ވައިރަސް

މާލެއިން އިތުރު ދިވެއްސަކު ޕޮޒިޓިވް ވެއްޖެ

މާލެއިން އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މި މީހާ އަކީ ކޭސް 52 އާއި ސީދާ ގޮތުން ބައްދަލުވި މީހެއް ކަމަށެވެ. އެމީހާ އައިސޮލޭޝަން ފެސިިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މި މީހާއާއެކު މާލެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 64 އަށް އަރާފައެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 84 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެތެރޭގައި ހިމެނެނީ 39 ދިވެހިންނާއި 45 ބިދޭސީންނެވެ.

މާލެއިން ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ވަމުން އަންނައިރު، މާލެ ސަރަހައްދު މިވަގުތު އޮތީ 14 ދުވަހުގެ މުއްދަތަކަށް ލޮކްޑައުންގެ ހާލަތުގައެވެ.