Last Updated: February 7, 20:31
Friday, February 7, 2025
ޚަބަރު

މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން މިރޭ 22:30 އާއި ހަމައަށް ނިޔަލަށް ޔެލޯ އެލާޓް ނެރެފައިވަނީ ށ.އަތޮޅުން ޅ.އަތޮޅަށް އަދި ވ.އަތޮޅުން ލ.އަތޮޅާއި ހިސާބަށެވެ.

އެގޮތުން އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

ވައިޖެހޭނެ ގޮތަށް ބަލާއިރު އިރާއި އިރުދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ހާމަކުރެއެވެ.

އަދި ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.