Last Updated: November 27, 18:02
Wednesday, November 27, 2024
ޚަބަރު

ކޮވިޑް-19: އައްޑޫގެ ފިހާރަ ތަކާއި، މައުލޫމާތު ހިމެނޭ ޑިރެކްޓަރީ ޕޭޖެއް!

ކޮވިޑް-19 އާއި ގުޅިގެން އައްޑޫގެ ޑެލިވަރީ ހިދްމަތް ފޯރުކޮށްދޭ ވިޔަފާރިތަކާއި، މުހިއްމު މައުލޫމާތު ހިމެނޭ ހާއްސަ ޕޭޖެއް މި ނޫހުގެ ފަރާތުން ތައާރަފުކޮށްފިއެވެ.

Addu City Covid-19 Directory

"އައްޑޫލައިވް"ގެ އައިޓީ ޓީމުން ބުނީ މިފަދަ ޕޭޖެއް މިވަގުތު ތައްޔާރު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މި ނޫހުގެ ކިއުންތެރިންނަށް ފަސޭހައިން އައްޑޫގެ ޑެލިވަރީ ނަންބަރު ތަކާއި ޓާސްކު ފޯސް ފަދަ މުހިއްމު ނަންބަރުތައް ފަސޭހައިން ފެންނާނެ ގޮތް ހެދުން ކަމަށެވެ.

މި ޕޭޖްގައި އައްޑޫގެ އެކި ރަށްތަކުގެ ޓާސްކު ފޯސް ޑެސްގެ ނަންބަރުތަކާއި ހޮސްޕިޓަލާއި، ބޭސް ފިހާރަތަކުގެ އިތުރުން ޑެލިވަރީ ކުރުމަށް އައްޑޫ ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރެވިފައިވާ ހުރިހާ ފިހާރަތަކާއި، އެފިހާރަތަކާއި ގުޅޭ ފޯނު ނަންބަރުގެ އިތުރުން ބޭންކު އެކައުންޓު ނަންބަރު ހިމެނިފައިވާނެއެވެ.

މި ޕޭޖްގައި ހިމެނިފައިވާ ފިހާރަތަކުގެ މައުލޫމާތު ތަކަކީ ރަށްރަށުގެ ޓާސްކު ފޯސް ޑެސްކު ތަކުން ހޯދާފައިވާ މައުލޫމާތު ތަކެވެ.

ކޮވިޑް-19 އާއި ގުޅިގެން އައްޑޫގައި އާއްމު ވިޔަފާރި ކުރުން މަނާކޮށްފައިވާ އިރު ވިޔަފާރި ކުރުމަށް ހަމަޖެހިފައިވަނީ ޑެލިވަރީ ސާވިސް މެދުވެރިކޮށެވެ. މި ސަބަބާއި ހެދި ގިނަ ބަޔަކަށް ފިހާރަތަކުގެ މައުލޫމާތު އެއްތަނަކުން ލިބެން ނެތުމުގެ ދަތިތަކާއި ދަނީ ކުރިމަތިވަމުންނެވެ.

އެހެންވެ އައްޑޫލައިވްގެ ފަރާތުން ހެދި މިޕޭޖުން ރައްޔިތުން ބޭނުންވާ ގިނަ މައުލޫމާތު ލިބޭނެކަމަށް އުއްމީދު ކުރާކަމަށް އައިޓީ ޓީމުން ވަނީ ބުނެފައެވެ.