ހުޅުދޫގައި ޖުމްހުރީ ޕާޓީން ހިންގާ ޑޯ ޓު ޑޯ ގައި ހަރަކާތްތެރިވާ ކުދިންނަށް ދުވާލަކަށް 250 ރުފިޔާ ދިންނަމަވެސް އެކުދިން ވެސް ވޯޓު ދޭނީ އެމްޑީޕީއަށް ކަމަށް ހުޅުމީދޫ އަވަށު ބޯޑުގެ ރައީސް އިބްރާހިމް ދީދީ (ދީދީ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ހުޅުމީދޫގައި ކުރިއަށް ގެންދިޔަ ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ދީދީ ވިދާޅުވީ އައްޑޫގެ ތަރައްގީއަށްޓަކައި ރައީސް ނަޝީދު ކޮށްދެއްވާފައިވާ ކަންތައްތަކަށް ބައްލަވައި ކޮންމެ މީހަކު ވެސް އެމީހަކުގެ އަމިއްލަ ކަމެއްކަމުގައި ދެކިގެން ރައީސް ނަޝީދުއަށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމަށް މަސައްކަތްކުރުމަކީ ގައުމީ ވާޖިބެއް ކަމުގަ އެވެ.
ދީދީ ވިދާޅުވީ ޖުމްހުރީ ޕާޓީގެ ފައިލް ހިފައިގެން ގޭގެ އަށް ދާ ކުދިންވެސް އެކަން ނިންމާލާ އައިސް ތިބެނީ އެމްޑީޕީއާއި އެކު ކަމަށެވެ. އެހެންވެ ޖުމްހުރީ ޕާޓީން ފައިސާ ދިނަސް ވޯޓު ލިބޭނީ އެމްޑީޕީއަށް ކަމަށް ދީދީ ވިދާޅުވި އެވެ.
ހުޅުމީދޫގެ ފާރުތަކުގައި ރައީސް ނަޝީދުގެ ކެންޑިޑެޓް ނަންބަރު ޖެހުން އިފްތިތާހު ކުރުމަށް ބޭއްވި ބައްދަލުވުމުގައި ފާރުގައި ފުރަތަމަ ކެންޑިޑޭޓް ނަންބަރު ޖެހީ ދީދީ އެވެ.