ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ގައުމާއި މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށްވުމާއި އެކު ރައީސް ސޯލިހު މިއަދު ގައުމާއި މުހާތަބު ކުރައްވާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނު މިރޭ 19:00ގައި ގައުމާއި މުހާތަބު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އެންމެ ފަހުން ރައީސް ސޯލިހު ގައުމާއި މުހާތަބު ކުރައްވާފައި ވަނީ މި މަހުގެ 15ވަނަ ދުވަހު، މާލެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެންނެވެ.
މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަން ރޭ ބޭއްވި ހަނދު ސާބިތު ކޮށްދިނުމުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ވަނީ އިއުލާން ކުރައްވާފައެވެ.