ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮވެމެ ރައްޔިތުންގެ މަޖިލީހުގައި ރައީސްގެ މަގާމުގައި އެޕާޓީގެ ރައީސް އިންނެވިއިރުވެސް އެމްޑީޕީން ދަނީ މަޖިލީހުގެ ރައީސް ހަވަރަށް ދެމުން ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަން ވެސް ކުރެއްވި މޫސަ މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 18ވަނަ މަޖިލީހުގެ ރައީސްކަން ކުރެއްވި އެމަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް ގިނަބަޔަކު ފާޑު ވިދާޅުވީ އިދިކޮޅުން ހުށަހަޅާ މައްސަލަތައް ހިފަހައްޓަވާ ކަމަށް ވިދާޅުވެ ކަމަށެވެ. ނަމަވެސް މިއަދު ފެންނަނީ ސަރުކާރުން ހުށަހަޅާ މައްސަލަތައް ސަރުކާރު ޕާޓީން ހިފަހައްޓާ މަންޒަރު ކަމަށް މޫސަ ވިދާޅުވިއެވެ މޫސަ ވަނީ އެއީ އެމްޑީޕީގެ އެތެރޭގައި ކުރިޔަށް ގެންދާ ބަޣާވާތެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.
މޫސަ އިތުރަށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ސަރުކާރު އައިއިރު މަޖިލީހުގެ މެޖޯރިޓީ ނެތި ވެސް ސަރުކާރުން ރައީސަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބަޖެޓާއި އެހެން ކަންކަން އޭރު މަޖިލީހުގެ މެޖޯރިޓީ އޮތް ޑީއާރްޕީ މެންބަރުންނަށް ސަލާން ޖަހައިގެން ވޯޓު ހޯދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހުދު މޫސައާ ދެބޭފުޅުން ކަމަށެވެ. މޫސަ ވަނީ މިއަދު މެޖޯރިޓީ އޮވެމެ މަޖިލިސް ރައީސް ހަވަރަށް ދެމުން ގެންދާ ކަމަށް ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިހާރު އެންމެ ބޮޑަށް ކުރިޔަށް ގެންދާ ބަހުސް އަކީ ދައުލަތުގެ ހަރަދުގެ ޒިންމާ މަރުކަޒީ ބޭންކުން ނަގާގޮތަށް ފާސްކުރުމަށް ފިނޭންސް މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައެވެ. އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ ފިނޭންސް މިނިސްޓަރު ވިދާޅުވާހާ ގޮތަށް އަމަލު ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.