ހުޅުމާޅޭގައި ގާއިމް ކުރަމުން އަންނަ މެޑިކަލް ފެސިލިޓީ ނިންމުމަށް ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)ގެ މުވައްޒަފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާންގް ލިޒޯންގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭގައި ގާއިމްކުރާ 300 އެނދުގެ މެޑިކަލް ފެސިލިޓީ ނިންމުމުގެ މަސައްކަތުގައި އެހީތެރިވުމަށް ބީޔޫސީޖީގެ 40 މުވައްޒަފުން އެ މަސައްކަތުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
Chinese enterprises in action.
BUCG decides to arrange a task force of 40 workers to help renovate a two-story building to a temporary quarantine facility with the capacity of 327 beds in Hulumale. pic.twitter.com/KmfTDXOTBn
— Ambassador Wang Lixin (@China_Amb_Mdv) April 27, 2020
މިތަނަކީ 300 އެނދުގެ ތަނެއް ކަމަށް ސަރުކާރުން ވަނީ މީގެކުރިން ބުނެފައެވެ. މިތަން ތަރައްގީ ކުރަމުން އަންނަނީ ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ގާއިމް ކޮށްފައިވާ ޓްރީ ޓޮޕް ހޮސްޕިޓަލު ކުރިމައްޗަށް އޮންނަ ހުސް ބިމުގައެވެ. މިތަން ތަރައްގީ ކުރުމަށް 36 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެތަން ތަރައްގީ ކުރަނީ ސާވިސް ބިލްޑިން އަދި އެކަމޮޑޭޝަން ބްލޮކެއް ވެސް ހިމެނޭ ގޮތަށެވެ.
Chinese enterprises in action
Heeding the call of the Maldives Gov., China State Construction decides to send over 100 workers, along with equipments and materials, to build temporary quarantine facilities to house maximum 800 persons.
Race against time. pic.twitter.com/Lz1mZ9R5Aq
— Ambassador Wang Lixin (@China_Amb_Mdv) April 27, 2020
ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެތަނަށް 36 މިލިއަން ހަރަދު ކޮށްފައިވަނީ އެތަނުގެ ސިވިލް މަސައްކަތް ކުރުމަށް ކަމަށް 16.4 މިލިއަން ރުފިޔާއާ އެތަނަށް ބޭނުންވާ ތަކެތި ގަތުމަށް 19.5 މިލިއަން ރުފިޔާ ކަމަށެވެ.