Last Updated: November 27, 17:17
Wednesday, November 27, 2024
ޚަބަރު

އައްޑޫގެ ފިހާރަތަކުން އޮންލައިންކޮށް އޯޑާރ ކުރެވޭގޮތް ހަދަނީ

ޕްރޮފެސާރ އުގައިލްގެ އެހީތެރިކަމާއި އެކު އައްޑޫގެ ފިހާރަތަކުން އޮންލައިންކޮށް އޯޑަރ ދެވޭނެ އިންތިޒާމެއް ހަމަޖައްސަމުން އަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ އައްޑޫ ސިޓީގެ އާއްމު ވިޔަފާރި މިވަގުތު ބަންދުވެފައިވުމާއި އެކު އާއްމުންނަށް ފަސޭހައިން ފިހާރަތަކަށް އޯޑަރ ކުރުމަށް އޮންލައިން ޕްލެޓުފޯމެއް ހެދުމުގެ މަސައްކަތް ޕްރޮފެސާ އުގައިލް އާއި އައްޑޫގެ ޓެކް ޓީމަކުން ކުރަމުން އަންނަ ކަމަށެވެ.

އައްޑޫ ފިހާރަކުގެ ޑިރެކްޓަރީ

Addu City Covid-19 Directory

މާލެއިން ކޮވިޑް-19ގެ ގިނަ ކޭސްތަކެއް ފެނުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައްޑޫގައި އާއްމު ވިޔަފާރި ކުރުމާއި، ކެފޭ ރެސްޓޯރެންޓު އަދި ގާޑިއާގެ ހިދްމަތް ދިނުން ސިޓީ ކައުންސިލުން ވަނީ މަނާކޮށްފައެވެ. އަދި ވިޔަފާރިތަކުން ޑެލިވަރީގެ ހިދްމަތް ދިނުމަށް ވަނީ އަންގާފައެވެ.

ކައުންސިލްގެ މި އެންގުމާއި ގުޅިގެން އައްޑޫގެ ހުރިހާ ރަށެއްގައިވެސް މިހާރު ދެމުން އަންނަނީ ޑެލިވަރީގެ ހިދްމަތެވެ.

ސޯބެ ވިދާޅުވީ މިހާރުވެސް ފިހާރަތަކަށް ގުޅައިގެން އޯޑަރ ދިނުމުގައި ބައެއް ފަރާތްތަކަށް އުނދަގޫތަކެެއް ކުރިމަތިވަމުން އަންނަ ކަމަށެވެ. އަދި އެކަން ޒަމާނީކޮށް ފަސޭހަ ކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ.

އ