Last Updated: November 27, 09:34
Wednesday, November 27, 2024
ޚަބަރު

ކަރަންސީ ސްވޮޕެއްގެ ދަށުން އިންޑިއާއިން 150 މިލިއަން ޑޮލަރު ދޫކޮށްފި

ރައީސް ސޯލިހު އާއި އިންޑިޔާގެ ބޮޑުވަޒީރު މޯދީ

ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން އިންޑިއާއިން ރާއްޖެއަށް 150 މިލިއަން ޑޮލަރު ދޫކޮށްފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނީ ކޮވިޑް19 ސަބަބުން ދިވެހިރާއްޖެއަށް ދިމާވެދާނެ މާލީ އަދި އިޤްތިޞާދީ ގެއްލުންތަކުން ސަލާމަތް ވުމަށް އެހީއެއްގެ ގޮތުން އިންޑިއާއިން ދެގައުމުގެ ދެމެދުގައިވާ ކުރަންސީ ސްޓޮޕް ނުވަތަ ފައިސާ ބަދަލުކުރުމުގެ އެއްބަސްވުން އެކްޓިވޭޓް ކޮއްފައިވާ ކަމަށެވެ.

މިގޮތުން، 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ސޮއި ކުރެވުނު 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން، 150 މިލިއަން ޑޮލަރުގެ ބޭރު ފައިސާގެ ސްވޮޕް ފެސިލިޓީއެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ހަވާލު ކުރެވޭނެ ކަމަށް ހައިކޮމިޝަނުން ބުނެއެވެ.

ބޮޑުވަޒީހު ނަރޭންދްރަ މޯދީ އާއި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ދެގައުމުގެ ހާލަތާއިމެދު މަޝްވަރާ ކުރެއްވިތާ އެއް ހަފްތާ ތެރޭގައި
އެކްޓިވޭޓް ކުރެވޭ މި ފައިސާ ބަދަލުކުރުމުގެ އެއްބަސްވުމަކީ އިންޑިއާ އަބަދުވެސް ދިވެހިރާއްޖެއަށް އެހީތެރިވުމުގައި ދެމި އޮންނާނެ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް ހައިކޮމިޝަނުން ބުނެއެވެ.

400 މިލިއަން ޑޮލަރުގެ މި ސްވޮޕް އެއްބަސްވުމަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ސޮއި ކުރެއްވި 14 ބިލިއަން ޑޮލަރުގެ އިގްތިސާދީ ޕެކޭޖުގެ ބައެކެވެ. މި 1.4 ބިލިއަން ޑޮލަރުގެ އިޤްތިޞާދީ އެހީތެރިކަމުގެ ޕެކޭޖާގެ ދަށުން ލިއްބައިދޭ އެހީތަކުގެ ތެރޭގައި ސީދާ ބަޖެޓް ސަޕޯޓުގެ ގޮތުގައި 50 މިލިއަން ޑޮލަރުގެ އެހީ 2019 ވަނަ އަހަރު ފޯރުކޮށްދެވިފައިވެއެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާއިން އެމް.އެމް.އޭ އަށް 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑްގެ ސަބްސްކްރިޕްޝަން 2019 ވަނަ އަހަރު ފޯރުކޮށްދެވިފައިވެއެވެ.

މީގެއިތުރުން ދިވެހި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތައް ފަންޑުކުރުމަށްޓަކައި 80 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ދޫކުރެވިފައިވެއެވެ. މި ލައިން އޮފް ކްރެޑިޓްގެ ދަށުން މީހާތަނަށް ބޮޑު 8 މަޝްރޫއެއް ހިންގިފައިވެއެވެ. އަދި އިތުރު އެތަށް މަޝްރޫޢުތަށް އެކި ފިޔަވަހީގައި ކުރިއަށް ދެއެވެ.

"މި ދެންނެވުން، 1.4 ބިލިއަން ޑޮލަރުގެ އިޤްތިޞާދީ ޕެކޭޖްގެ އިތުރުންވެސް އިންޑިއާއިން އަންނަނީ ދިވެހިރާއްޖޭގެ އެކި ރަށްތަކުގައި ގްރާންޓް ސްކީމްތަކާއި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް ސްކީމު" ގެ ދަށުން 12.6 މިލިއަން ޑޮލަރުގެ އިޖްތިމާއީ އަދި އިޤްތިޞާދީ އެކި މަޝްރޫއުތަށް ހިންގަމުންނެވެ،" ހައިކޮމިޝަނުން ބުންޏެވެ.

ހައި ކޮމިޝަނުން ބުނީ ކޮވި19 އާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި އަދި ދިވެހިރާއްޖެއަށް ދިމާވާ މިފަދަ އެންމެހާ ދަތިތަކާއި ކުރިމަތިލުމުގައި އިންޑިއާއިން އަބަދުވެސް ވާނީ ދިވެހިރާއްޖެއާއި އެކުގައި ކަމަށެވެ. އިންޑިއާ ސަރުކާރުން ގެންދަވަނީ ދިވެހިރާއްޖެއަށް ދޫކުރެވިފައިމިވާ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އަދި އެއް އަހަރަށް އިތުރުކުރުމާއިމެދު މަޝްވަރާ ކުރަމުންނެވެ. ސާކް ގައުމުތަކުގެ ތެރެއިން، އިންޑިއާއިން 400 މިލިއަން ޑޮލަރުގެ މިފަދަ ސާކޭޕް ފެސިލިޓީއެއް ދޫކޮށްފައިވަނީ ހަމައެކަނި ދިވެހިރާއްޖެ އަށާއި ބޫޓާންއަށެވެ.