Last Updated: November 27, 09:25
Wednesday, November 27, 2024
ޚަބަރު

މަޖިލީހުގެ ދައުރު ދަންމާލަން ފާސްކޮށްފި

މަޖިލިސް ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ / މަޖިލިސް

މިހާރު ހިނގަމުން މިދާ ރައްޔިތުން މަޖިލީހުގެ ދައުރު ދަންމާލަން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކުރީ މިއަދު މަޖިލީހުގައި ނެގި ވޯޓުގައެވެ. އެގޮތުން މަޖިލިސް ދައުރު އަންނަ މަހުގެ 31ގެ ނިޔަލަށް ދަންމާލަށް 67 މެންބަރަކު ވަނީ ވޯޓު ލައްވާފައެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގައި ރިޔާސަތުގައި އިންނަވާ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މެންބަރުންގެ ޗުއްޓީ ކެންސަލްކޮށް ދައުރު ދަންމާލަން ހުށަހަޅާފައެވެ. އެކަން އެގޮތަށް ކުރުމަށް ނަޝީދު ހުށަހެޅީ ގައުމު އޮތް ހާލަތުން މަޖިލިސް ބަންދުކޮށްފައި އޮތުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށް ކަމަށް ވިދާޅުވެއެވެ.

"މީގެ މާނައަކީ މަޖިލިހުގެ މެމްބަރުންނަށް މި ދައުރު ނިމިގެން ޗުއްޓީއެއް ނެތުނީއޭ، މެމްބަރުންނަށް ޖަލްސާއަކަށް އެދުނީމަ ޖަލްސާއަށް ވަޑައިގެންނެވޭ ގޮތަށް މަޖިލިސް ނިންމެވީއޭ. އެ ވޯޓަށް ފަހު، އެގޮތަށް ނިމިގެން ދާނެ،" ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން ހުރިހާ މެމްބަރުން ވެސް ޖަލްސާއަކަށް ދެންނެވުނީމާ ޖަލްސާއަކަށް ވަޑައިގަނެވޭ ގޮތަށް ތިއްބެވުމަށް ވަނީ އިލްތިމާސްކުރައްވައިފައެވެ.