ކަރަންޓް ރީޑިން ނަގަން ގޭގެއަށް ނުދެވޭނެތީ ކަރަންޓް މީޓަރުގެ ފޮޓޯއެއް ފޮނުވަން ފެނަކަ އިން އެދިއްޖެ އެވެ.
ފެނަކަ އިން މިއަދު ބުނީ މިހާރު ޤައުމަށް ދިމާވެފައިވާ މި ނާޒުކު ޙާލަތުގައި، ފެނާއި ކަރަންޓު ބިލްތަކަށް ރީޑިންގ ނެގުމަށް ގޭގެއަށް ދިޔުމަކީ ރައްޔިތުންނަށާއި މިކުންފުނީގެ މުވައްޒަފުންނަށްވެސް އެންމެ ރައްކާތެރި ގޮތް ކަމަށް ނުފެންނަ ކަމަށެވެ.
އެހެންކަމުން ކަރަންޓު މީޓަރ ނަންބަރު ފެންނަގޮތައް ފޮޓޯ، އަދި ގޭގެ ނަމާއެކު ވައިބަރ މެދުވެރިކޮށް ފޮނުވުމަށް ފެނަކަ އިން ވަނީ އެދިފައެވެ. އަދި މިގޮތަށް ރީޑިންގ ނުފޮނުވޭ ފަރާތްތައް، ރީޑިންގ، މީޓަރ ނަންބަރު އަދި ގޭގެ ނަން ޖެއްސެއްވުމަށްފަހު އެސްއެމްއެސް ކޮށްދިނުމަށް ވެސް ފެނަކަ އިން ވަނީ އެދިފައެވެ.
ފެނަކަ އިން ވަނީ މިފަދަ ދަތި އުނދަގޫ ޙާލަތެއްގައި ރައްޔިތުންގެ ފަރާތުން އެ ކުންފުންޏަށް ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.