ރާއްޖެއަށް ކޮވިޑް19 ގެ ސަބަބުން އިގްތިސޯދަށް ބޮޑެތި ލޮޅުންތައް އަރާ އެކަމުގެ ސަބަބުން އާމްދަނީ ލިބުން މަދުވެ ދައުލަތަށް މިހާތަނަށް ލިބުނު އާމްދަނީ އަކީ 5.3 ބިލިއަން ރުފިޔާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި ހިނގާ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް މުޅި ދައުލަތަށް ލިބިފައިވަނީ 5.3 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރު މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 7.6 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޓެކްސްގެ ގޮތުގައި ދައުލަތަށް މިހާތަނަށް ލިބިފައިވަނީ 4.5 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މިހާތަނަށް އައިއިރު ޓެކްސްގެ ގޮތުގައި 5.4 ބިލިއަން ވަނީ ވަނީ ލިބިފައެވެ.
ހިލޭ އެހީގެ ގޮތުގައި މިއަހަރު ލިބުނީ 21.9 ބިލިއަންއެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތަށަ އައިއިރު 449.9 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ހިލޭ އެހީގެ ގޮތުގައި ލިބިފައެވެ.
ބީޕީޓީގެ ގޮތުގައި 922.5 މިލިއަން ދައުލަތަށް ލިބުނުއިރު މިދިޔަ އަހަރު ބީޕީޓިގެ ގޮތުގައި ދައުލަތަށް 893.8 މިލިއަން ލިބިފައިވެއެވެ. ވިތު ހޯލްޑިން ޓެކްސްގެ ގޮތުގައި މިއަހަރު 216.6 މިލިއަން ލިބިނެވެ. މިދިޔަ އަހަރުގެ ލިބުނީ 277.8 މިލިއަން ރުފިޔާއެވެ.
ކޮވިޑް19 އާ ގުޅިގެން ރާއްޖެއަށް އާމްދަނީ ލިބުން ދަތިވެ ފިނޭންސް އިން މިހާރު ލަފާ ކުރަނީ މިއަހަރު ލިބޭނެ ކަމަށް 15 ބިލިއަން ރުފިޔާ އެވެ.