Last Updated: February 6, 17:58
Thursday, February 6, 2025
ޚަބަރު

ކަރަންޓު ބިލު ބޮޑު ކަމަށް ބުނެ މަކުނުދޫގައި މުޒާހަރާ ކުރަނީ

މަކުނުދޫގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން - ފޮޓޯ: ތިލަދުން

މިދިޔަ މަހުގެ ކަރަންޓު ބިލުތައް ބޮޑު ކަމަށް ބުނެ ހދ.މަކުނުދޫގައި މުޒާހަރާކުރަން ފަށައިފިއެވެ.

ކަރަންޓު ބިލުތައް ބޮޑު ކަމަށް ބުނެ މުޒާހަރާ ކުރަމުންދަނީ މަކުނުދޫ ފެނަކަ އިންޖީނުގޭ ސަރަހައްދުގައެވެ. ފުދޭ ވަރަކަށް ގިނަ ބަޔަކު މި މުޒާހަރާގައި އަންނަނީ ބައިވެރިވަމުންނެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އެފަދަ މައުލޫމާތެއް ލިބިފައިވާ ކަމަށާއި، އެމީހުންނާ ވާހަކަދައްކައިގެން މައްސަލަ ހައްލު ކުރުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކަރަންޓު ބިލު ބޮޑު ކަމަށް ބުނެ މަކުނުދޫގައި މުޒާހަރާ ކުރަމުންދާއިރު، ކޮވިޑް-19 އާއި ގުޅިގެން އޭޕްރީލް އަދި މޭ މަހުގެ ފެނާއި ކަރަންޓުގެ ބިލު ކުޑަކޮށްދޭން ސަރުކާރުން ވަނީ ނިންމާފައެވެ.

އެގޮތުން ކަރަންޓު ބިލުން 40 އިންސައްތަ އަދި ފެން ބިލުން 30 ޕަސެންޓު ކުޑަކޮށްދޭން ވަނީ ނިންމާފައެވެ.

މިކަންކަން ކުރަން ނިންމާފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ތައާރަފްކުރި 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ޕެކޭޖުގެ ތެރެއިންނެވެ. ކަރަންޓް ބިލާއި ފެން ބިލުން ބައެއް ސަބްސިޑައިޒްކުރުމަށް ޖުމްލަ 300 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.