ކޮވިޑް-19 އާއި ގުޅިގެން އަތޮޅު ތަކުގެ ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތައް ސަޕްލައި ކުރުމުގައި އިއްޔެގެ ނިޔަލަށް 37،000 ބަސްތާ ކާޑު ފޮނުވާފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.
ނޭޝަނަލް އިމަޖެންސީ ސެންޓަރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ އަތޮޅުތަކަށް ބޭނުންވާ ކާޑު ފޮނުވުމުގައި އެސްޓިއޯއިން އިއްޔެގެ ނިޔަލަށް ގިނަ އަދަދެއްގެ ކާޑު ފޮނުވާފައިވާ ކަމަށެވެ.
އެގޮތުން 17000 ބަސްތާ ހަނޑޫ އަދި 11،000 ބަސްތާ ފުށް އަދި 9000 ބަސްތާ ހަކުރު ވަނީ ރަށްތަކަށް ފޮނުވިފައިކަމަށް މަބްރޫކު ވިދާޅުވިއެވެ.
އެސްޓިއޯއިން ބުނެފައިވަނީ ރާއްޖެއަށް ބޭނުންވާ ކާޑު ބަރާބަރަށް ހުރި ކަމަށާއި އެކަމުގައި ދަތިކަމެއް ނޫޅޭނެކަމަށެވެ.