ކޮވިޑް-19 އަށް ޕޮޒިޓިވްވި ބިދޭސީއެއްގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ ބަންގްލަދޭޝްގެ ފިރިހެނެކެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ފިޓު ޖެހިގެން ހާލު ސީރިއަސްވެގެންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރޭ ބުނީ ބިދޭސީއަކު ފިޓްޖެހި ހާލު ސީރިއަސްވެގެން ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެމީހާއަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހެއް ކަމަށެވެ.
މި ބިދޭސީ މީހާގެ މަރާއި ގުޅޭ ގޮތުން އަދި މިހާތަނަށް އެޗްޕީއޭއިން އެއްވެސް އިތުރު މައުލޫމާތެއް ހާމަކޮށްފައިނުވެއެވެ.
މިއީ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މަރުވި ދެވަނަ މީހާއެވެ. މިބަލީގައި މީގެ ކުރިން 83 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފައެވެ.
ތަފްސީލް އަންނަނީ….