ހެރެތެރެ ރިސޯޓަށް ކަރަންޓީނަށް ގެންދިޔަ މީހުންގެ ތެރެއިން ފަސް މީހަކު ފިލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހެރެތެރެ ކަރަންޓީނު ފެސިލިޓީން ފިލި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ މާލެއިން އައްޑޫއަށް އަންނަ މީހުން ކަރަންޓީނު ކުރުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ހެރެތެރެ ރިސޯޓަށް ކަރަންޓީނަށް ގެންދިޔަ މީހުންގެ ތެރެއިން ފަސް މީހަކު ފިލާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު މިހާރު ހޯދާފައިވާ އިރު އިތުރު ހަތަރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސޯބެ ވިދާޅުވީ ހެރެތެރެއިން ފިލި މީހުންނަކީ ޖަލުން ދޫކޮށްލި މީހުންގެ ތެރެއިން ތިން މީހުން ކަމަށެވެ. އަދި އެމީހުން ފިލައިގެން ގޮސްފައިވަނީ ހުޅުމީދޫއަށް ކަމަށް ބެލެވޭކަމަށް ސޯބެ ވިދާޅުވިއެވެ.
ހެރެތެރެ ރިސޯޓަކީ ކޮވިޑް-19 އާއި ގުޅިގެން މާލެއިން އައްޑޫއަށް އަންނަ މީހުން ކަރަންޓީނު ކުރުމަށް ސަރުކާރުން ނިންމާފައިވާ އެއް ފެސިލިޓީއެވެ. އެތަނުގައި މިހާރުވެސް 92 މީހަކު ވަނީ ކަރަންޓީނު ކުރެވިފައެވެ.
ތަފްސީލު އަންނަނީ……