Last Updated: November 27, 13:36
Wednesday, November 27, 2024
ޚަބަރު

އައްޑޫ ހޮސްޕިޓަލަށް މިރޭ ހެޕީމާކެޓުން ސެނިޓައިޒާ ފޯރުކޮށްދެނީ

10 މާޗު 2019- އެއިމްސް ހެލްތު ކެއާ އާޢި އިންޑިއާގެ މަޝްހޫރު އެޕޯލޯ ހޮސްޕިޓަލާއި ގުޅިގެން އައްޑޫއަށް ޓެލެމެޑިސިންގެ ހިދްމަތް ތައާރަފް ކުރުން، މި ހިދްމަތް އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން، ފޮޓޯ: ޝަރަފް/އައް

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އަށް ބޭނުންވާ ހޭންޑު ސެނެޓައިޒާ މިރޭ ހެޕީމާކެޓުން ފޯރުކޮށްދޭނެކަމަށް އެކުންފުނިން ބުނެފިއެވެ.

ހެޕީމާކެޓުގެ ސީއީއޯ އަލީ އިހުސާން މިރޭ "އައްޑޫލައިވް"އަށް ވިދާޅުވީ އައްޑޫ ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ސެނެޓައިޒާސް މިރޭ ފޯރުކޮށްދޭނެކަމަށެވެ.

އައްޑޫލައިވްގައި މިރޭ "އައްޑޫ ހޮސްޕިޓަލުގައި ބޭނުން ކުރާނެ މާސްކެއް ސެނެޓައިޒާއެއް ނެތް" ކަމަށް ޖެހި ހަބަރާއި ގުޅިގެން ޓްވިޓާގައި އަލީ އިހުސާން ޓެގްކޮށް މިކަމަށް އެހީތެރިވުމަށް ވަކީލް ޝަމީލް އެދުމުން އަލީ ވަނީ ވަގުތުން އެކަން ހަމަޖައްސަވާނެކަމަށް ވިދާޅުވެފައެވެ.

އަދި މިކަމާއި ގުޅޭ ތަފްސީލު އަލީ މިރޭ ވަނީ ހިއްސާކޮށްފައެވެ.

"އިރާދަކުރެއްވިއްޔާ އައްޑޫގެ ހޮސްޕިޓަލާއި، ސިއްހީ މަރުކަޒުތަކަށް ދަތިތަކެއް ނެތި ހޭންޑު ސެނެޓައިޒާ ފޯރުކޮށްދޭނަން، މިހާރަށް ބޭނުންވާ ވަރަށް މިރޭ ފޯރުކޮށްދެވޭނެ، އަދި އިތުރަށް ބޭނުންވެއްޖެ ނަމަ މާލެއިންވެސް ސަޕްލައި ކޮށްދޭނަން" އަލީ ވިދާޅުވިއެވެ.

އައްޑޫން ކޮވިޑް-19 މިއަދު މީހަކު ޕޮޒިޓިވްވިކަން އެނގުނު އިރު ހޮސްޕިޓަލުން ވަނީ ފޭސް މާސްކާއި ހޭންޑު ސެނެޓައިޒާ ހުސްވެފައެވެ. އެކަން ހޮސްޕިޓަލުގެ ނަރުހުން ވަނީ މެނޭޖްމަންޓުގެ ސަމާލުކަމަށް ގެނެސްފައެވެ.