އެމެރިކާގެ ސިނަމާތައް ކޮރޯނާ ވައިރަހުގެ ސަބަބުން މުޅިންހެން ބަންދު ކުރުމާއި ގުޅިގެން، ތާރީޙުގައި ވެސް ފުރަތަމަ ފަހަރަށް އެ ގައުމުގެ ބޮކްސް އޮފީހުގެ އާމްދަނީ ވަނީ ސުމަކަށް ވެއްޓިފައެވެ.
"ޔުނައިޓެޑް އާޓިސްޓްސް ރިލީޒިންގ" ގެ ޑިސްޓްރިބިއުޝަންގައި މަސައްކަތްކުރާ އެރިކް ލޮމިސް އަކީ ސިނަމާގައި އަޅުވާ ފިލްމުތަކުން ލިބޭ އާމްދަނީ އޭގެ ހައްގު ފަރާތްތަކަށް ފޯރުކޮށްދިނުމަށް ޓަކައި ކޮންމެ ދުވަހަކު ފަތިހު 4 އެއް ޖަހާއިރު ހޭލުމައި އެކު، ހަފްތާ ބަންދުގެ ހަރަކާތްތައް ތަހުލީލު ކުރާ މީހެއްގެ ގޮތުގައި އާންމު ވެފައިވާ މީހެކެވެ.
"ދަ ހޮލީވުޑް ރިޕޯޓަރ" އަށް އެރިކް ދިން މައުލޫމާތުގައި އޭނާ ބުނެފައިވާ ގޮތުގައި، މިދިޔަ ހަފްތާގައި މިކަންތައް ދޫކޮށްލަން ޖެހޭކަމުގެ އިހުސާސު އޭނާއަށް ކުރެވުނެވެ. މީގެ އިތުރުން ރޭގަނޑު 11 ޖެހިއިރު ކޮމްޕިއުޓަރު ދޮށުގައި އިށީނދެ ބެލިއިރު، 9 ތިއޭޓަރަކުން އެންމެ މަތީ އާމްދަނީ ހޯދާފައިވީ "ދަ ބިގް ލެބޯސްކީ" ގެ ރީރިލީޒް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
"ދަ ގާޑިއަން" އިން ނެރެފައިވާ ރިޕޯޓްތަކުން ދައްކާގޮތުގައި "ކޮމްސްކޯ" (މީޑިއާ ކޮމްޕެނީ) އިން އެމީހުންގެ ވީކްލީ ރިޕޯޓް ނުނެރޭއިރު، ހޮލީވުޑްގައި ނަން ހިނގާ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ޑިޒްނީއިން ވެސް ވަނީ އެމީހުންގެ އާ ފިލްމުތައް ނުނެރުމަށް ނިންމާފައެވެ. އެހެނަސް "ޑެޑްލައިން" އިން ރިޕޯޓު ކުރާގޮތުގައި ޑިޒްނީ/ޕިކްސާގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ "އޮންވާރޑް"، 135 ހިސާބެއްގައި އަޅުވާ 71،000 ޑޮލަރު ހޯދާފައިވާއިރު، ބިރުވެރި ފިލްމު "ދަ އިންވިޒިބަލް މޭން" 111 ހިސާބެއްގައި އަޅުވާ ވަނީ 64،000 ޑޮލަރު ހޯދާފައެވެ. މިއީ ގިނައިން "ޑްރައިވް-އިން" ސިނަމާތަކުން ލިބިފައިވާ އާމްދަނީއެވެ. އަރިޒޯނާގައިވާ "ގްލެންޑޭލް ޑްރައިވް-އިން" ސިނަމާވަނީ "އޮންވާޑް"ގެ އެންމެ މަތީ އާމްދަނީ ލިބޭ އެއް ސިނަމާއަށް ވެފައެވެ.
ހޮލީވުޑް ނޫނަސް، ބޮލީވުޑަށް ބަލާލި ކަމުގައި ވިޔަސް ފެނިގެންދަނީ ހަމަ މިފަދަ މަންޒަރެކެވެ. ރާއްޖެއަށް ބަލާލި ނަމަވެސް ފެނިގެން މިދަނީ ފިލްމީ އުދަރެސް މުޅިންހެން މަޑުޖެހިފައިވާ މަންޒަރެވެ.
އެ