ކޮވިޑް-19 އަށް މިއަދު ރާއްޖެއިން އިތުރު 27 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 862 އަށް އަރައިފިއެވެ.
މިއަދު ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝްގެ 18 މީހަކާއި ދިވެހި 9 މީހެކެވެ.
ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ ބަންގުލަދޭޝްގެ މީހުންނެވެ. މިއަދު ޕޮޒޮޓިވްވި މީހުންނާއި އެކު ރާއްޖެއިން މިބަލި ޖެހުނު ބަންގްލަދޭޝްގެ މީހުންގެ އަދަދު މިވަނީ 478 އަށް އަރާފައެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)އިން މީގެ ކުރިން ބުނެފައިވަނީ މި ބަލި ޖެހޭ ބިދޭސީންގެ އަދަދު އިތުރުވާނެކަމަށެވެ. އަދި ސަރުކާރުން އަންނަނީ ބިދޭސީންގެ ތެރޭގައި ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އަަޅަމުންނެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ގައި 3 މީހަކު ވަނީ މަރުވެފައެވެ. އެއީ ދެ ދިވެހިންނާއި ބަންގުލަދޭޝްގެ މީހެކެވެ.