Last Updated: November 23, 21:59
Saturday, November 23, 2024
މުނިފޫހިފިލުވުން

އެ ގުޅުން ވަކި ނުވެވޭނެ

(އޮގަސްޓް 5، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)

"ސަލާމަތް ކުރައްވާށި." ހީލަމުން ލާނެއް ރާގަކަށް އުނައިސް ބުންޏެވެ.

"އަހަރެންގެ މި ބަދަލުވުމުގެ ހުރިހާ ކްރެޑިޓެއް ދާނީ ހަމަ މަނިކުފާނަށް." ހީނާ ލަދުވެތި އަދާއަކާ އެކު ބުންޏެވެ.

"އޭގެ މައްސަލައެއް ނެތް. ބަލާބަލަ އަހަރެެމެންގެ އައިޑިއާ ކިހާ ގުޅޭ. އިއްތިފާގުން މި ތިބީ އެއް ކުލައިގެ އެއްޗިހި ލެވިފަ."

"މިއީ އިއްތިފާގެއް ދޯ؟"

ހޫނ. ދެން އަހަރެން މިބައްދަލު ކުރުމުގެ މުހިއްމު މައުޟޫ އަށް ދާނަން."

"ޔަގީނެއްނު އަވަހަށް ފަށާ."

"އަހަރެން ބޭނުން ވަނީ ހީނާ އާ ކައިވެނި ކުރަަން. ބުނޭ ޤަބޫލޭ؟"

"އުނައިސް…އަހަރެން މިހާރު މި ވަނީ ބަދަލުވެފައި ވަރަށް ބޮޑަށް. އަހަރެން ގަބޫލް ކުރަން އަހަރެންނަށް މި ބަދަލު ގެނެސް ދިނީ ހަމަ އުނައިސްކަން. އެހެނަސް ފާއިތުވެ ދިޔަ ތަނުގެ އެއްވެސް އެއްޗެއް އަހަރެން ބޭނުމެއް ނޫން. އަހަރެން ގަބޫލް ކުރާ ގޮތުން ތި ވެސް މަގޭ ޕާސްޓް. މި ބުނަން އުޅޭ އެތި އެނގިއްޖެ ދޯ؟"

"ރަނގަޅު ވާހަކައެއް. ޕާސްޓުގަ ހިފައިގެން އެކަކަށް ވެސް އުފަލެއް ނުލިބޭނެ."

"އެހެންވެގެންނޭ މި ބުނަން އުޅެނީ އުނައިސް ވެސް ތީ މަގޭ ޕާސްޓް. މަ ޖެހޭނެ ތީނަ ވެސް ހަނދާން ނައްތާލަން."

"ސާބަސް…ރަނގަޅު ކުދިން ތިބެނީ ތިހެން. އެކަމަކު މަަށަކީ ޕާސްޓެއްނޫން. މަށަކީ މިހާރު. ހީނާގެ މިހާރު. މަގޭމަތިން ހަނދާން ނައްތާލައިގެން ނުވާނެ."

"ސަބަބަކީ ކޮބާ؟"

"ސަބަބަކީ އަހަރެންނަަކީ ހީނާ އަށް އެންމެ ޕާފެކްޓް މީހާ ކަމަށް ވީކަން."

"ތީ ކުށްހީއެއް. އުނައިސް އަށް ވުރެ ޕާފެކްޓް މީހަކު މިހާރު ވެސް އަހަރެންނަށް ލިބިދާނެ."

"އެހެންތަ؟ އަޅެ ހޯދަބަލަ. މޮޅޭ ބުނާނަން." މިހެން ބުނަމުން އުނައިސް ތުން އޫކޮށްލަމުން އަނެއް ފަރާތަށް އެނބުރުނެވެ.

"އެނގޭތަ އަހަރެންމީނީ ޕާފެކްޓު މީހަކަށް ދައުވަތު ދީގެންނޭ. މިހާރު އޭނަ އަންނާނެ"
އެވަގުތު އިސްކޮޅުން ދިގު ރޫފަ ރީތި ފިރިހެނަކު ގޭޓުން ވަންނާތީ ފެނުނެވެ. އޭނާ އައި ގޮތަށް އައިސް ހީނާމެން ތިބި މޭޒު ކަރިއަށް މަޑުކޮށްލި އެވެ.

"ތި އައީ ދޯ…އަހަރެން މިއަދު ފޯނުން ވާހަކަ ދެއްކި ހީނާތަ؟" އޭނާ އައިސް ހުއްޓިލާފައި އެއްވެސް ޖެހިލުމެއް ނެތި ވާހަކަ ދައްކަން ފެށި އެވެ.

"ލައްބަ. އެއީ އޮޅިގެން ގުޅުނީ. އެކަމަކު މިހާރު މި އެނގުނީނު ދޯ؟"

"މަގޭ ނަމަކީ ނަބީލް މީ ކޮން ބޭފުޅެއް؟ ހިނގާ ތައާރަފްވެލަން." އުނައިސް އާ ދިމާއަށް އިޝާރާތް ކުރަމުން ނަބީލް އަހާލި އެވެ.

"އަހަރެންގެ ނަމަކީ އުނައިސް. ހީނާ އަކީ އަހަރެންގެ…"

"ކުރީގެ ރައްޓެއްސެއް." އުނައިސްގެ ޖުމްލަ ފުރިހަމަކޮށް ދިނީ ހީނާ އެވެ.

"މިއީ ނަބީލް އަހަރެންނަކީ އިންޕޯޓް އެކްސްޕޯޓް ކުރާ މީހެއް. ކޮބާ ހީނާ…ހިނގާ ދުއްވާލަން ދާން. ތިހާ ރީތި ކުއްޖަކު ގޮވައިގެން ދުއްވުމަކީ ވެސް އުފަލެއް ނޫންތަ؟" ނަބީލް ވަރަށް ގާތް ކޮށް ހީނާ އާ ކައިރިވެލަމުން ބުނެލި އެވެ.

"ތީ ރަނގަޅު ހިޔާލެއް. އަހަރެމެން ދެ މީހުން އެކަނި ވެލަން ވެސް އަހަރެން ފުރުސަތެއް ބޭނުން." ހިނާ ވަރަށް މައުސޫމް ގޮތަކަށް ބުންޏެވެ.

ހީނާ އާއި ނަބީލް ދާތަން ބަލަން ވަރަށް ދެރަވެފައި އުނައިސް އިނެވެ. ހިނާ ކަންތައް މި ކުރީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ހިތް ކޮބައި ހެއްޔެވެ؟ އަނެއްކާ ހިތެއް ދެއްްވާފައިވޭ ބާވަ އެވެ؟

ދެންމެ ކައޮިވެނީގެ ވާހަކަ ވެސް އުނައިސް ހީނާ ކައިރި ދެއްކި އެވެ. އެކަމަކު އެހެން ފިރިހެނެއް، ނުވެސް ދަންނަ މީހެއްގެ އަތުގައި ހިފައިގެން އެ ދިޔައީ އެވެ. މި މަންޒަރު ބަލަން ދުރުގައި އައިޝާ އާއި ތާނިޔާ ތިއްބެވެ. އަދި ދެ މީހުން އެއްކޮށް ރަހްމާނު ބޭބެ އަށް މި ވާހަކަ އާޓް ގަނޑާއެކު ކިޔައި ދިނެވެ. ދެނަކާ ދެނެއް ނެތެވެ. ރަހްމާނު ގޭގެ ހަވަރު އެއްކޮށްލި އެވެ.

"މިއަދުގެ ބްރޭކިން ނިއުސް އަކީ ޅަސަނދު މުހައްމަދު އުނައިސް ގުލިސްތާނުގޭ ހީނާ އަށް ރޭނގަޑު ވަގުތު ގަޑި ކިޔައިގެން އޭނާ އާ ބައްދަލު ކުރުމަށް ގެނައެވެ. އަދި އޭނާގެ ރީތިކަމަށް ތައުރީފް ކުރި އެވެ. އެއަށް ފަހު އުނައިސް ގެ ހިތުގެ އެދުން ހީނާގެ ކުރިމަތީ ފަތުރާލި އެވެ. އެކަމަކު ވަރަށް ފެން ގޮތަކަށެވެ. ކައިވެނީގެ ވާހަކަ ވެސް ދެއްކީ އެއްވެސް އަސަރެއް ނެތް ގޮތުގަ އެވެ. މިކަމާ ވީ ފޫހިން ހީނާ އެތަނަށް އައި ރީތި ފިރިހެނާ އެކު އުނައިސް އަށް ޓާޓާ ބާއިބާއި ކިޔާފައި ހިނގައްޖެ އެވެ."

"އަންހެން ކުއްޖަކު މަޅީގަ ޖައްސަން ނޭނގުނު މީހަކަށް ބޮޑު ކުންފުންޏެއް ހިންގޭނެތަ؟ ރަހްމާނު ހެމުން ހެމުން ދިޔަ އެވެ.

"ސާބަހޭ ރަހްމާން. މަގޭ ދަރިފުޅުގެ އަގު ވައްޓާ ނުލާ. ހުރިހާ ކަމަކީ އެކްސްޕީރިއަންސް. މަގޭ ދަރިފުޅަށް ތި ފްލާޓް ކުރުމުގެ އެކްސްޕީރިއަންސެއް އަދި ނުހުންނަނެ." ޔޫނުސް ވެސް އުނައިސް އާ ދިމާކޮށްލި އެވެ.

"އަޅުގަނޑު ރަނގަޅު ގޮތެއް ބުނެފާނަން. ދޮންބެ އަންހެން ކުދިން ރަނގަޅު ކުރާނެ ކުލާހެއް ހުޅުވާ އަދި އެ ކުދިން ތަމްރީނު ކުރުމަށް ފަހު އެ ކުދިން އެހެން ބަައިވެރިން ހޯދާނެ." ނީލާ ވެސް އުނައިސް އާ ދިމާކޮށްލި އެވެ.

"އެންމެން ހަމަ މިހާރު އަނގަ މަޑުންލާ." އުނައިސް ރުޅިގަދަވެފައި އެންމެން ހިމޭން ކުރުވި އެވެ. "އުނައިސް އަކީ އަބަދުވެސް ކާމިޔާބު މީހެއް ހީނާ ހާސިލް ކޮށްފަ ދައްކާލާނަން."

"ދޮންބޭ ހިނގާ ދަތުރެެެއް ރާވަމާ. ހީނާ އަށް ވެސް ދައުވަތު ދޭނީ .އޭނާ ވަރަށް ދާހިތް ވާނެ." ތާނިޔާ ރަނގަޅު ޙިޔާލެއް ދިނެވެ.

އުނައިސް އުފަލުން ވަރެއް ނެތެވެ.

"އޯ މަގެ ލޯބިލޯބި ކޮއްކިސް ތޯ ވަރަށް ރަނގަޅު ހިޔާލެއް ދާނީ ކުޑަބަނޑޮހަށް." އުނައިސް މިހެން ބުނި ކަމެއް ނެނގި ތާނިޔާ ފޯނު ނަގައި ހީނާ ނަންބަރަށް ޑައިލްކޮށްލި އެވެ.

(ނުނިމޭ)