Last Updated: November 27, 01:11
Tuesday, November 26, 2024
ޚަބަރު

މިދިޔަ މަހު މީރާއަށް ލިބުނީ 527.47 މިލިއަން ރުފިޔާ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) -- ސަންފޮޓޯ

މިދިޔަ މަހު ދައުލަތުގެ ޓެކްސް އިދާރާ މީރާ އަށް ލިބުނު އާމްދަނީ އަކީ 527.45 ރުފިޔާ ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މީރާ އިން އިއްޔެ ހާމަކޮށްފައިވާ އެ އިދާރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ އަކީ 59.6 ޕަސެންޓު ދަށް އަދަދެކެވެ. ސަބަބެއްގެ ގޮތަށް މީރާއިން ވެސް ފާހަގަކޮށްފައިވަނީ ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އޮން އެރައިވަލް ވިސާ ދޫކުރުން މާޗު މަހުގެ 27ވަނަ ދުވަހުން ފެށިގެން ހުއްޓާލާފައިވާތީއެވެ. މީގެއިތުރުން ޓެކްސް ދެއްކުމަށް ކަނޑައަޅާފައިވާ ގިނަ ސުންގަޑިތައް ވެސް އިތުރު ކޮށްފައިވާ ކަމަށް މީރާ އިން ވަނީ ފާހަގަކޮށްފައެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ވައްދައި ދީފައިވަނީ ޓެކްސް އިންނެވެ. 44.7 ޕަސެންޓު އާމްދަނީ ޓެކުހުން ވައްދާފައިވާއިރު ފަތުރުވެރިކަމާއި އަދި ބިމުގެ ކުލީގެ ގޮތުގައި 25.2 ޕަސެންޓު އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވާ މިންވަރު ހިއްސާ ކުރެއެވެ. ތިންވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ވައްދާފައި ވަނީ ބީޕީޓީންނެވެ. އެގޮތުން ބީޕީޓީން 7 ޕަސެންޓުގެ އާމްދަނީ އަށް ވައްދާފައިވާއިރު ގްރީން ޓެކުހުން ވައްދާފައި ވަނީ މީރާ އަށް ވަދެފައިވާ އާމްދަނީގެ 6.8 ޕަސެންޓެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 336 މިލިއަން ރުފިޔާއެވެ. ޓެކްސް ނޫން ގޮތް ގޮތުން ދައުލަތަށް ލިބުނީ 191.5 މިލިއަން ރުފިޔާއެވެ.