Last Updated: November 27, 13:29
Wednesday, November 27, 2024
ޚަބަރު

ކިޑްނީ ޑައިލަސިސްއަށް އައިޖީއެމްއެޗަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައިޖީއެމްޗު ހޮސްޕިޓަލް، ފޮޓޯ: ޕީއެސްްއެމް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ކިޑްނީ ޑައިލެސިސް ޑިޕާޓުމަންޓަށް ފަރުވާއަށް ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

"އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި އެމީހާ ކޮވިޑް-19އަށް ޕޮޒިޓިވްވިކަން އެނގިފައިވަނީ އިއްޔެއެވެ. އަދި ބަލިމީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ޑިޕާޓުމަންޓުގެ ނަރުހުންނަށްވަނީ އަންގާފައެވެ.

އެންއޯސީގެ ތަރުޖަމާނު މަބްރޫކު އަޒީޒު މިރޭ ވިދާޅުވީ އައިޖީއެމްއެޗަށް ކިޑްނީ ޑައިލިސިސް އަށް ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ބަލި މީހާއަށް ފަރުވާދިން ނަރުހުން ތިބީ ޕީޕީއީގައި ކަމަށް އައިޖީއެމްއެޗުން މައުލޫމާތުދީފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް މިހާތަނަށް 1020 މީހުން ރާއްޖެއިން ޕޮޒިޓިވްވެފައިވާ އިރު މި ބަލީގައި 4 މީހަކު ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ދެމަފިރިއަކު ހިމެނެއެވެ.