Last Updated: February 5, 15:47
Wednesday, February 5, 2025
ސިޔާސީ

އެމްޑީޕީން ރައްޔިތުން އުފާ ކުރުވާނެ: ޑރ. މުސްތަފާ

އަންނަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހަކީ ބަޣާވާތަށް ނޫނެކޭ ބުނާ ދުވަސް ކަމަށާއި އެމްޑީޕީގެ މަސައްކަތަކީ ދިވެހި ރައްޔިތުންނަށް އުފާވެރިކަން ހޯދައި ދިނުން ކަމަށް އެމްޑީޕީގެ ރަނިންމޭޑް ޑރ. މުސްތަފާ ލުތުފީ ވިދާޅުވެއްޖެ އެވެ.

ރޭ ލ. ފޮނަދޫގައި ބޭއްވި ޖަލްސާގައި ޑރ. މުސްތޮފާ ލުތުފީ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމާއި ތަޢުލީމާއި ރަނގަޅު ބޭސްފަރުވާ ކުރުމުގެ ނިޒާމެއް ޙައްޤުވާ ކަމަށެވެ. އަދި އެމްޑީޕީ މަސައްކަތް ކުރަނީ ޒުވާނުންނަށް އެ ޒުވާނުން ބޭނުންވާ ކަންކަން ކޮށްދީ އެހީތެރި ވެދިނުން ކަމަށެވެ.

އޭނާ ވިދާޅުވީ ބަޣާވާތް ކުރުމުން އެތައް ގެންލުން ތަކެއް ލިބިގެންދާ ކަމަށާއި އެގޮތުން ރައްޔިތުންގެ ތެރޭގައި ފިނުތަ އުފެދި ރައްޔިތުން ބައިބައިވެގެން ދާކަމަށާއި މިއަދު ރާއްޖެއިން ފެނިގެން މި ދަނީ ބަޣާވަތް ކުރުމުގެ ސަބަބުން އުފެދިފައިވާ ނުރަނގަޅު އަސަރުތައް ކަމަށް ވިދާޅުވި އެވެ.
އަދި ނަފްސާނީ ގޮތުން ލިބޭ އަނިޔާއަކީ ބޭރުފުށުން ނުފެންނަ އަނިޔާއެއް ކަމަށާއި އެއަނިޔާވެސް ބަޣާވާތުގެ ސަބަބުން މިއަދު ދިވެހިންނަށް ލިބިފައިވާ ކަމަށް ޑރ. މުސްތޮފާ ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީގެ ވާހަކަފުޅުގައި ބާޣާވާތުގެ ސަބަބުން ޤައުމުގެ ކުރިއެރުމާއި ތަރައްޤީ ހުއްޓޭ ކަމަށާއި ތަޢުލީމަށާއި އެހެން ކަންކަމަށް ޚަރަދު ކުރަން ހުންނަ ފައިސާވެސް ބަޣާވާތުގެ ސަބަބުން އިސްރާފްވެގެން ދާ ކަމަށެވެ. މިހާރު ވެސް ރާއްޖެ ޢުމްރާނީ ގޮތުން އެތައް ތަނެއް ބަޣާވާތުގެ ސަބަބުން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.