މޫސުން ވަރަށް ބޮޑަށް ގޯސްވާނެކަމަށް ލަފާކޮށް ހުވަދޫން ފެށިގެން އައްޑޫއަށް ޔެލޯ އެލާޓު ނެރެފިއެވެ.
މޫސުމާއި ބެހޭ އިދާރާއިން ބުނީ މިއަދު ހެނދުނު 10:00 އިން ރޭގަނޑު 10:00ށް މޫސުން ކުރިޔަށް ލަފާކުރާ ގޮތަށް ބަލާއިރު ހުވަދޫން ފެށިގެން އަށް ބޯކޮށް ވާރޭ ވެހި ވައިގަދަ ވާނެކަމަށެވެ.
އެގޮތުން ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނެފައި ވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީވެސް އެކަށީގެންވާ ކަމެއްކަމަށެވެ.