(އޮގަސްޓް 6، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)
"ގެނޭ މަ ވަހާކަ ދައްކާނީ." އުނައިސް ފޯނު އަތުލި އެވެ.
"އައްސަލާމް އަލިކުމް." ތުއި އަޑަކުން ހީނާ ޖަވާބު ދިނެވެ.
"ވައަލައިކުމުއްސަލާމް، ވާހަކަ ދައްކަނީ ކާކު؟"
ވާހަކަ ދައްކަނީ ހީނާ."
"މާ ރަނގަޅަށް މި ދިމާވީ ހީނާއަށޭ މި ގުޅީ ވެސް. މާދަމާ ފުރީތަ؟"
"އެޔޯ އަނެއްކާ އެކީ އްކުރަން؟"
"ދެން ބުނެބަލަ."
"އަހަރެން މާދަމާ ނަބީލް އާ އެކު ދަތުރު ދާން ރާވާފަ އެބަ އޮތް. އެހެންވެ ސޮރީ. ފުރީއެއްނޫން."
"ކޮން ތާކަށްތަ ދަނީ…އަހަރެންވެސް ބައިވަރިވަންތަ؟"
"ނޫނޭ އެއީ ވަރަށް ޕާސަނަލް ދަތުރެއް. އިތުރު މީހެއްގެ އުނދަގޫވާކަށް ނަބީލް ވެސް އަހަރެން ވެސް ބޭނުމެއް ނޫން. އޯކޭ ބާއި."
"ޕްލީޒް." އުނައިސް އާދޭސް ކުރި އެވެ.
ގޭ އެހެން މީހުން އުނައިސްމެންގެ ކޮންވަޒޭޝަން އަހަން ތިއްބެވެ.
"ކުޑަ ބަނޑޮހަށް ދަނީ ބާއި" މިހެން ބުނެލުމަށް ފަހު ހީނާ ފޯނު ކަނޑާލި އެވެ.
"އެމީހުން ދަނީ ކުޑަ ބަނޑަހަށޯ؟" އުނައިސް ފޯނު ކަނޑާލަމުން ބުނެލި އެވެ.
"އަހަރެމެން އެންމެން ވެސް ހިނގާ އެ ރަށަށް ނައްޓާލަން އެ ވަރުގެ ކަމެއްތަ އެއީ." ޔޫނުސް ވަގުތުން ބުނެލި އެވެ.
އުނައިސް އާ އެކު ގޭ އެންމެން ކުޑަ ބަނޑޮޑަށް ދަތުރު ދިޔަ އެވެ. ގޮނޑުދޮށުގައި ނަބީލް އާއި ހީނާ ވާހަކަ ދައްކަން އިށީނދެ ތިއްބެވެ. ދައްކަމުން ދިޔަ ވާހަައިގެ އޮލަކަމުން ބަޔަކު އައި ކަމެއް ވެސް އެ މީހުންނަކަށް ނޭނގުނެވެ.
"ނަބީލް މަ ހީނާ އާ ވާހަކައެއް ދައްކަން ފުރުސަތެއް ދީފާނަން؟" ކައިރި އަށް ގޮސް ހުއްޓިފައި އާދޭހުގެ ރާގެއްގައި އުނައިސް އެހި އެވެ.
"ޝުއާ ވައި ނޮޓް. ލޯބީ ދޭބަލަ އުނައިސް ކައިރިއަށް. އަހަރެން މިތާ މަޑުކޮށްލާނަން."
ހީނާ ތެދުވެގެން އުނައިސް އާ އެކު ހިނގަމުން ދިޔަ އެވެ.
"ހީނާ އަސްލު ވެސް މިއަދު މިއޮތީ އިއްތިފާގުން އެއްކު ލައިގެ ހެދުން ލެވިފަ. މީގެ މާނައަކީ އަހަރެމެންގެ ވިސްނުން އެއްގޮތޭ. ނޫންތަ؟" އުނައިސް ހީނާގެ ކުރިމައްޗަށް އަރާ އަތުގައި ހިފި އެވެ. "ހީނާ އަހަރެން ހީނާ ދެކެ ވަރަށް ލޯބިވޭ."
"މާ ގޮތް ދައްކަން އުޅޭނެ ކަމެއް ނެތް. ތީ މީހުން ލޯބި ހުށައަޅާ ގޮތެއް ނޫން. މަނިކުފާނު ތަންކޮޅެއް މެޗްއަވާން އުޅެބަލަ."
"ހީނާ މިއީ އަހަރެން ގޮތް ދައްކަނީކީ ނޫން. މިހާރު ވެސް އަހަރެންގެ ފެމިލީ އެންމެން އައިސް އެ ތިބީ އަހަރެމެން ދެ މީހުންނަށް ޓަކައި."
"ކައިވެންޏަކީ ލޯތްބަކީ ތި ގޮތަށް ވެވޭ ކަމެއް ނޫން. މަނިކުފާނު ލޯބިވާން ދަސްވެގެން އާދޭ އޯކޭ."
"އުނައިސް އިހަށް މަޑުކޮށްބަލަ ދަތުރު މަޖާ ނެގިޔަ ދީބަލަ. މާ ސެންޓިމެންޓަލް ވެގެން ތިޔަ އުޅެނީޔޯ؟" ނަބީލް އެ މީހުންނާ ކައިރި ވެލަމުން ބުނެލި އެވެ. ހީނާ އާއި ނަބީލް ކައިރި ވާ ވަގުތު އުނައިސް ދެރަވެފައި ހުރެ އެވެ.
"އުނައިސް ތީ ވަރަށް މާތް ރަނގަަޅު ކުއްޖެއް. ތީނަގެ އަނބިމީހާ ވާނީ ވަރަށް ނަސީބު ރަނގަޅު ކުއްޖަކަށް. އަހަރެން ލޯބި ވަނީ ނަބީލް ދެެކެ." ހީނާ އެންމެ ފަހުގެ ވާހަކަ އިއުލާން ކުރި އެވެ. އެވަގުތު ހުރިހާ އެންމެން އެ ތަނަށް އަ އެވެ.
"އައްސަލާމް އަލައިކުމް ނަބީލް ކަލެ އާބެ ހޭ ވަރަށް ގިނަ ވާހަކަ އަޑު އަހައިފިން. ބައްދަލު ވިތީ އުފާކުރަން." ޔޫނުސް ނަބީލް ކައިރިއަށް އަންނަމުން ބުނެލި އެވެ.
"މަނިކުފާނަކީ ވެސް ވަރަށް މަޝްހޫރު ބޭފުޅެއް ނޫންތޯ. ބައްދަލު ވިތީ އުފާކުރަން." ނަބީލް ވެސް ޔޫނުސް އާ ސަލާމްކޮށްލަމުން ބުނެލި އެވެ.
އުނައިސް މަޑު ހިނގުމެއްގައި ގޮސް އޭނާގެ މަންމަމެން ގާތަށް ގޮސް ހުއްޓުނެވެ. އުނައިސް ގެ ކަރުނަވީ ލޯފެނިފައި ވަހީދާ އަށް ހުރިހާ އެއްޗެއް އެނގުނެވެ.
"މަގޭ ދަރިފުޅު މި ހާލުގަ ހުއްޓާ ޔޫނުސް އެ މީހާގަނޑާ އެކު މިއަންނަނީ ކީއްވެ؟" ވަހީދާ ނުރުހުންވެފައި ބުންޏެވެ.
"މަންމާ ބައްޕަ ޅައެއްޗެއް ނާޅާނެ ބަލަން ހުރޭ." ނީލާ ވެސް ބުލި އެވެ. އަދި އެންމެން ވަށްބުރެއް ގޮތަށް ބިންމަތީ އިށީނެވެ.
އުނައިސް ގަސްތުގައި ހީނާގެ ކައިރީ އިށީނެވެ. ހަމަ އެ ގޮތަށް ނަބީލް ވެސް ހީނާގެ އަނެއް ފަރާތުގައި އިށީނެވެ. ތަފާތު މަޖާ ވާހަކަތަކެއް ދެއްކުމަށް ފަހު އެންމެން ލަވަ ބާޒީ ކުޅެން ނިންމި އެވެ.
އުނައިސް ކައިރިވެލާ އިރަށް ހީނާ ނަބީލް އާ ބޮޑަށް ކައިރިވެލަ އެވެ. ލަވަ ބާޒީގައި އޮތީ އެންމެ މަޖާ ކަންތަށް ގަނޑެވެ. ތިމާގެ ބައިވެރިޔާ އަށް ތައުރީފް ކުރުމެވެ. ޔޫނުސް ވަރަށް ފާޑު ވެރިކަމާ އެކު ވަހީދާ ގެ ރީތިކަން ލަވައިގެ ސިފައިގައި ކިޔާލި އެވެ.
ހުރިހާ އެންމެން އަތްތިލަ ބަޑި ޖެހި އެވެ. ދެން އޮތީ އުނައިސް ހީނާގެ ރީތިކަން ލަވައިގެ ސިފައިގައި ކިޔާ ދިނުމެވެ. ނަބީލް އާއި އުނައިސް އާ ދެ މީހުން ހީނާ އަށް ތައުރީފް ކުރަމުން ދިޔަ އެވެ ދެ މީހުން ދެ ފަހަރަށެވެ. އެކެއްގެ ކަޑިޔަށް ވުރެ އަނެކަކު ކިޔާ ބައި ރީތިވެފައި ފުރިހަމަ އެވެ. ތައުރީފްގެ އޮހުންތަކުން ހީނާ ހެމުން ހެމުން ދިޔަ އެވެ.
"ދޮންބޭ ދެން ތީ ބޮޑުވަރު." އެވަގުތު ހީނާ ނަބީލް ގައިގައި ބައްދާލަމުން ބުނެލި އެވެ.
"ދޮންބެޔޭ؟" އުނައިސް މޫނުމަތީގައި ތަފާތު ސުވާލު މާކްތަށް ޖަހައިގެން އެ ދެ މީހުންނަށް ބަލަން ތިއްބެވެ.
"ދަރިފުޅާ ނަބީލްއަކީ ހީނާގެ އުފަން ބޭބެ." ޔޫނުސް ހެމުންހެމުން އުނައިސް ގެ ސުވާލުގެ ބެލުމަށް ޖަވާބު ދިނެވެ.
"އެންމެން ވެގެން އަހަރެން ހައްދާލީ ދޯ؟ އަހަރެން މި ކުއްޖާ ހޭއަރުވަލާނަން.. ދެން ދުވާނެ ކަމެއް ނެތް އަތުލާނަން." އެ ވަގުތު ހީނާ ތެދުވެގެން މާ ދުރަށް ދުވެ ގޮސް އޮބާލަނީ އެވެ. އުނައިސް ވެސް ފަހަތުން ދުވަމުން ދިޔަ އެވެ. ދެ މީހުން ބައްދަލު ކުރީ ބޮޑު ކާނި ގަސް ކައިރީ ދެ ފަރާތުންނެވެ. އުނައިސް ހީނާ ގެ ކުރިމައްޗަށް އެރި އެވެ.
(ނުނިމޭ)