ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވުމާ ގުޅިގެން ޔެލޯ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ. މި އެލާޓް ނެރެފައިވަނީ މިރޭ 9:00 އާއި ހަމައަށެވެ.
މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމަށްވާއިރު، މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލު ވުމަށް އިލްތިމާސްކޮށްފައެވެ.