Last Updated: November 26, 20:40
Tuesday, November 26, 2024
ޚަބަރު

ފުވައްމުލަކުގައި ފަގީރުންގެ ގޮތުގައި 241 މީހުން

ފުވައްމުލަކު ސިޓީގެ މަންޒަރެއް މަތިން ނަގާފައި - ފޮޓޯ: ގޫގުލް

ފުވައްމުލަކު ސިޓީގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައި ވަނީ 241 މީހަކު ކަމަށް އެ ސިޓީގެ ކައުންސިލުން ބުނެފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ މި އަހަރު ޒަކާތުގެ ގޮތުގައި 180،041.95 ރުފިޔާ ލިބުނު ކަމަށެވެ. އަދި ކޮންމެ ފަގީރެއްގެ ބޮލަކަށް 747.06 ރުފިޔާ ޖެހިފައިވާ ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ އެ ސިޓީން މި އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ވަނީ 241 މީހުން ކަމަށެވެ.

ބާރަހާސް ހަތްސަތޭކަ ނުވަދިހަ މީހުން އާބާދީގައި ދިރިއުޅޭ ފުވައްމުލަކު ސިޓީގެ ގިނަ އަދަދެއްގެ ބަޔަކު ޒަކާތް ދައްކާފައިވާ ކަމަށްވެސް އެ ސިޓީ ކައުންސިލުން ބުންޏެވެ.