Last Updated: November 26, 19:16
Tuesday, November 26, 2024
ޚަބަރު

ކޮވިޑަށް ކުރި ހަރަދުތައް 866.9 މިލިއަނަށް

ކޮވިޑް19 އާއި ގުޅިގެން މިހާތަނަށް ސަރުކާރުން ކުރި ހަރަދު 866.9 މިލިއަން ރުފިޔާއަށް އަރައިފިއެވެ.

ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ފިނޭންސް މިނިސްޓްރީން އާއްމުކުރާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ބޭހާއި، ޓެސްޓް ކިޓު އަދި ޕީޕީއީ ގަތުމަށް 7.1 މިލިއަން ރުފިޔާ މިދިޔަ ހަފްތާއަށްވުރެ ވަނީ އިތުރުވެފައެވެ. އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންނެވެ. އެ ސެންޓަރުން 567.7 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ ހެލްތު މިނިސްޓްރީން 139.2 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ޑިޒާސްޓާ މެނޭޖުމަންޓު ފަންޑުން މިހާތަނަށް 84.1 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު ޕްލޭނިން މިނިސްޓްރީން ވަނީ 28 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ. ޓޫރިޒަމް އެކްޓިވިޓީސް އިމްޕްލިމެންޓޭޝަން ފަންޑުން 27.2 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ މިބައްޔަށް ފަރުވާ ކުރަން ބޭނުންވާ ތަކެއްޗާއި، ޓެސްޓު ކިޓާއި ޕީޕީއީ ހޯދުމަށް 435.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ވެންޓިލޭޓަރުތައް ހޯދުމަށާއި، ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތައް ތަރައްޤީކުރުމަށް ވެސް ސަރުކާރުން ދަނީ ބޮޑެތި ޚަރަދުތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް މިކަމަށްވަނީ 169.5 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ.