ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެރިކަމަށް އައުމަށް ބޭނުންކުރި މައިގަނޑު އުކުޅަކީ ރައީސް ޔާމީންގެ ސަރުކާރުން ކަންތައް ކުރި ގޮތްތައް ގޯސްކަމަށް ބުނެ ހެޔޮ ވެރިކަމެއް ކޮށްދޭނެ ކަމުގެ ވައުދެވެ.
އެގޮތުން ވެސް ވަކީން ޚާއްސަކޮށް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ކުރިމަތިވި ބޮޑެތި ގެއްލުންތައް ފާހަގަކޮށް ތިމާވެށި ރައްކާތެރިކުރުމަށް އެތައް ވައުދުތަކެއް ވަނީ ވެފައެވެ.
ނަމަވެސް ވެރިކަން ލިބި ކުރެވުނު ވައުދުތައް ބިލާހަކަށް ވެ ނިމިދިޔައީ މިސަރުކާރުން ވެސް ކުރީ ސަރުކާރުން ބޭނުންކުރި އުކުޅުތައް ބޭނުންކޮށްގެން ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ކުރިއަށް ގެންދާ މަޝްރޫއުތައް ކުރިއަށް ގެންދިއުމެވެ.
އެންމެ ފަހުން ޕްލޭނިން މިނިސްޓްރީން ފަށާފައިވާ މަޝްރޫއަކީ ގުޅީފަޅު ކޮމާޝަލް ޕޯޓު ބަދަލުކުރުމަށް އެރަށުގެ ފަޅު ހިއްކުމެވެ. ފަޅު ހިއްކަން ބޭރުގެ ޖަމިއްޔާއަކުން އީއައިއޭ އެއް ވެސް ވަނީ ހަދައި ކުރިއަށް ދިއުމުގެ ފެހި ތައްގަނޑު ޖަހުވާފައެވެ. މިއީ ކުރީ ސަރުކާރުން ވެސް ތިމާވެއްޓަށް ގެއްލުން ލިބޭނެކަން އެނގި ތިބެ މަޝްރޫއުތައް ކުރިއަށް ގެންދިޔަ ގޮތްކަން ފާހަގަކޮށްލެވެއެވެ.
ގުޅީފަޅު މަޝްރޫއުގެ ސަބަބުން ވިލިމާލެ ފަރަށް ކިސަޑު އެޅި ފަރު މަރުވުމާއި އެހިސާބު ކިލަނބުވަމުންދާތީ އެރަށުގެ އެތައް ރައްޔިތުންނެއް އަދި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ އެތައް ބަޔަކު ވަނީ މަޝްރޫއާ ދެކޮޅަށް އަޑު އުފުލާފައެވެ.
ފަޅު ހިއްކަން ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ސަރުކާރުން ހަވާލުކޮށް މިދިޔަ މަހު ފަށާފައިވަނީ 6 މިލިއަން ކިއުބް މީޓަރު ހިއްކުމަށެވެ. މިއީ ވިލިމާލެއާ ނުހަނު ކައިރީ އޮންނަ ރަށަކަށް ވުމާ ގުޅިގެން ވިލިމާލެއަށް ގުޅިފަޅު ހިއްކުމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް ތިމާވެށި ހިމާޔަތް ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.
އޭގެ ތެރޭގައި އީޕީއޭ އިން ވެސް ވަނީ ފަރަށް ކިސަޑު އެޅޭނެ ކަމުގެ އިންޒާރު މިނިސްޓްރީއަށް ދީފައެވެ. މީގެ އިތުރުން ވެލިގަނޑު ކެހުމާއި ފަރު ވެސް މި މަޝްރޫއާ އެކު ހަލާކު ވެގެން ދާނެ ކަމަށް ބެލެވޭ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.
We are very concerned about the irreversible damage that Gulhifalhu development will cause to the reefs in the region.
This project is also endangering more than 30 dive sites including Hans Hass Point – a Marine Protected Area since 1995
MCI is taking action⚙️
Thread (1/7)⬇️ pic.twitter.com/xlTrkdbkHb— Maldives Coral Institute (@MaldivesCoral) May 29, 2020
ގުޅީފަޅު ޕްރޮޖެކްޓާ ގުޅިގެން އެންވަޔަރޮމެންޓް ޕްރޮޓެކްޝަން އޭޖެންސީ(އީޕީއޭ) އިން ވަނީ ގިނަ ގުނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފައެވެ. ސަރުކާރުގެ ސިޔާސަތުތަކާ އީޕީއޭގެ ވިސްނުން ދިމާ ނުވެފައިވާ މިދަނޑިވަޅުގައި އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ނައީމަށް ވަނީ މިނިސްޓްރީގެ އެންގުމަކަށް އިޖާބަ ނުދިނުމުގެ ސަބަބުން އިންޒާރުދީ، ވަޒީފާއިން ވަކިކޮށްލާނެ ކަމަށް ނުވަތަ މަގާމު ދަށް ކޮށްލާނެ ކަން އަންގާފައެވެ.
އީޕީއޭ އިން ގުޅީފަޅު ހިއްކުމާ ދެކޮޅަށް ވަކާލާތު ކުރަމުން އައި ދަނޑިވަޅެއްގައި ސަރުކާރުން އެތާ ވެރިޔާއަށް އިންޒާރު ދިނުމުން އެކަމާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ކުރީ ސަރުކާރުން ވެސް ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ހިންގި މަޝްރޫއުތަކާ ދެކޮޅަށް އީޕީއޭއިން ބަސް ބުނުމުން މިފަދަ އިންޒާރުތަކެއް އީޕީއޭ ވެރިންނަށް ލިބުނުކަން ފާހަގަކޮށްލެވެއެވެ.
We strongly condemn the continuing culture of intimidation & hindering the function of oversight institutions, by the Maldivian government. This threat by the government impacts the fulfilment of @EPAMaldives’ mandate…@MoEnvmv @presidencymv https://t.co/gaan7OKQCV
— Transparency MV (@TransparencyMV) May 30, 2020
މިސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔުންތައް އަމާޒުވަނީ، ސަރުކާރުން ތިމާވެށި ހިމާޔަތް ކުރުމަށް ތަކުރާރުކޮށް އެކި ފޯރަމްތަކުގައި ވަކާލާތު ކުރުމަށް ފަހު ވެސް އަމަލީ ގޮތުން އޭގެ އެއްވެސް މަންޒަރެއް ފެނިފައިނުވާތީއެވެ. ސަރުކާރުން ވަނީ ވިލިމާލެ ގުޅިފަޅު އަދި މާލެ ގުޅުވާޅުމަށް ބްރިޖެއް އެޅުމަށް ވެސް ނިންމާފައެވެ.
އެ ބްރިޖުގެ ސަބަބުން ވެސް ވިލިނގިލި ފަރަށް އިތުރު ގެއްލުން ލިބި ފަރު ހަލާކު ވާނެ ކަމަށާއި އެ ބްރިޖަކީ ވިލިމާލެ ގިނަ ރައްޔިތުން ބޭނުންވާ ބްރިޖެއް ނޫން ކަމަށް އަވަށުން ވަނީ މީގެ ކުރިން ވެސް އަޑުއުފުލާފައެވެ.
ރައީސް ސޯލިހް ވެރިކަމާ ހަވާލުވެ އިއްވި ރިޔާސީ ބަޔާނުގައި ވެސް އަދި އެމެރިކާގެ ކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާކަހަފުޅުގައި ވެސް ވަނީ ތިމާވެށި ހިމާޔަތް ކުރުމަށް ދިވެހި ސަރުކާރުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.
މީގެ އިތުރުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު(އައިސީސީ) ގައި ދިވެހި ރާއްޖެއިން ވަނީ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ނުވަތީ އީކޯސައިޑަކީ އިންސާނިއްޔަތުކަން ނަގާލުން ނުވަތަ ޖެނޮސައިޑާ އެއްވަރުގެ ކުށެއް ކަމަށް ކަނޑައެޅުމަށް ވަކާލާތު ކޮށްފައެވެ.
ދިވެހި ސަރުކާރުން ބޭރު ދުނިޔެއަށް ތިމާވެށި ރައްކާތެރިކުރުމާ ގުޅިގެން ދައްކާ މަންޒަރަކީ މުޅީން ތަފާތު މަންޒަރެއް ކަމަށް ބުނެ އެތައް ބަޔަކު ވަނީ ސޯޝަލް މީޑިޔާގައި ސަރުކާރާއި މަޖިލީހަށް ފާޑުކިޔާފައެވެ.
އޭގެ ތެރޭގައި ރައީސް ނަޝީދުގެ ޖަމިއްޔާ އިން ވެސް އަޑު އުފުލަމުންދާއިރު ފާހަގަކޮށްލެވެނީ މިމަޝްރޫއަކީ މިސަރުކާރުގެ ފުރިހަމަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ފަނޑު ފާސްކޮށް އެޕްރޫވްކުރުވި މަޝްރޫއެއް ކަމެވެ.
Speaker of @mvpeoplesmajlis does "not want to reclaim" but sees no other option.
Majlis budgeted almost MVR 1b in 2020 for reclamation.
His Majlis bio reads "an international icon for action against climate change".We hv a problem here. @UNFCCC @theGCF #StopGulhifalhuEcocide https://t.co/mno34Dxql9
— #SaveMaldives Campaign (@SaveMaldivesMV) May 29, 2020