Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

ހިއްސު: އުގައިލް ފައުންޑޭޝަންގެ އާ ޕްރޮގްރާމެއް މިރޭ ފަށަނީ

"ހިއްސު" ގެ ނަމުގައި އުގައިލް ފައުންޑޭޝަނުން އާ ޕްރޮގްރާމެއް މިރޭ ފެށުމަށް ނިންމައިފިއެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑު ދައްކަން ހަމަ ޖެހިފައިވަނީ 31 މޭއި ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 10:00 ގައެވެ. އަދި ޕްރޮގްރާމް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ފޭސްބުކް ލައިވް މެދުވެރިކޮށެވެ.

މިރޭގެ އެޕިސޯޑުގެ މައިގަނޑު މަޤުޞަދަކީ ކޯވިޑް-19 އާއި ގުޅިގެން އާންމު ހާލަތަށް ދަތުރު ކުރުމުގައި މުޖުތަމަޢުގެ ފަރުދުންގެ މެދުގައި އަމިއްލަ ނަފުސަށް އިތުބާރު އުފައްދާ، އާލާ ކޮށްދިނުން ކަމުގައި އެ ފައުންޑޭޝަނުން މަޢުލޫމާތު ދެއެވެ.

އެގޮތުން މިރޭގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވަނީ ތިބާ ސައިކޮލޮޖީގެ ފައުންޑަރ މެމްބަރު ޝުޒުނާ މަޖުދީ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހު މާހިރު، އަދި ނޭޝަނަލް ސެންޓަރ ފޯރ ރެސްޕިރޭޓަރީ މެޑިސިންގެ ޑޮކްޓަރ، ޑރ. މުހައްމަދު އަލީއެވެ. އަދި ޕްރޮގްރާމް ހުށައަޅައިދޭނީ އުގައިލް ފައުންޑޭޝަންގެ ފަރާތުން ސޮފާ ޝަފީޤެވެ.

މިރޭގެ އެޕިސޯޑުގައި ބޮޑަށް އަލި އަޅުވާލުމަށް ހަމަޖެހިފައިވަނީ އައު އާންމު ހާލަތަކަށް ދަތުރު ކުރާއިރު، ކުރިމަތި ވެދާނެ ނަފްސާނީ އަދި ޖިސްމާނީ ގޮންޖެހުން ތަކަށާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް، ދިރިއުޅުމުގެ އަދަބުތަކަށް ގެންނަން ޖެހޭ ބަދަލުތަކުގެ މައްޗަށެވެ.