(ޖުލައި 31، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
މާދިންގެ ހިޔާލުގައި ރޮން ޝާޔާ އޮތްވައި ސިއްސައިގެން ދިޔައީ ދޮރުގައި މީހަކު ޓަކި ޖަހައިލުމުންނެވެ. ފާހާނާ އަށް ވަދެ މޫނު ދެވޮގެން ގޮސް ދޮރު ހުޅުވައިލުމާއި އެކު ޝާޔާގެ ހިތަށް ބުނަން ނޭގޭ ފަދަ އިހްސާސެއްވި އެވެ.
ފާހާނާ އަށް ވަދެ މޫނު ދޮވެގެން ގޮސް ދޮރު ހުޅުވައިލުމާ އެކު ޝާޔާގެ ހިތަށް ބުނަން ނޭނގޭ ފަދަ އިހްސާސެއްވި އެވެ. ދޮރު ކުރިމަތީގައި ހުރީ ޝާޔާގެ ބައްޕަ ސަވާދެވެ. ޝާޔާ ދޮރު ހުޅުވައިލުމާ އެކު ސަވާދު ކޮޓަރިތެރެއަށް ވަދެގަތެވެ. ޝާޔާ ބިރުން ފަހަތަށް ޖެހެން ފަށައިފި އެވެ. ސަވާދު ދޮރު އެތެރެއިން ތަޅުލުމަށް ފަހު ސަވާދު ލައިގެން ހުރި ޓީޝާޓު ބާލައިފި އެވެ.
"ނޫން…ބައްޕާ…ނޫން…" ޝާޔާ ބިރުން ހަޅޭއްލަވަމުން ދިޔަ އެވެ.
"ކިހިނެތްވީ…ކަލޭ މިއަދު އަހަރެންގެ މަޤްސަދު ހާސިލްކޮށްދީ…އެހެން ނޫނީ…"ސަވާދު، ޝާޔާގެ ދެ އަތުގައި ހިފައި އޭނާ އާ ކައިރިކޮށްލުމަށް ފަހު ބުނެލި އެވެ.
"އެހެން ނޫނީ ކިހިނެތް ހަދާނީ؟" ޝާޔާ ބޭނުންވީ ޒުވާބު ކުރާށެވެ.
"އެހެން ނޫނީ އަހަރެން ޖެހޭނީ ގަދަ ބާރުން އަހަރެންގެ މަޤްސަދު ހާސިލު ކުރަން." ސަވާދު ޖެހިލުން ކުޑަ ގޮތަކަށް ބުނެލި އެވެ.
"ބައްޕަ މޮޔަވީތަ؟" ޝާޔާ ރޮމުން ބުންޏެވެ.
"އާނ…ކަލޭގެ މަންމަ އަހަންނަ ބޭވަފާތެރި ވެއްޖެ." ސަވާދު ބާރަކަށް ބުނެލި އެވެ.
"މަންމަ ތިހެނެއް ނަހަދާނެ.. ތީ ހުސް ދޮގު." ގިސްލަމުން ޝާޔާ ބުނެލި އެވެ.
"އޭނަ މިހާރު އުޅެނީ ފުލުހަކާ ހިތާވެގެން…ކަލެއަށް އިނގޭތަ…އެހެންވީމަ އޭގެ ބަދަލު އަހަރެންދޭނީ ކަލެއަށް." ސަވާދު ހިނިގަނޑެއް ޖަހާލުމާ އެކު ބުނެލިއެވެ.
"އަހަރެންގެ ކުށަކީ ކޮބާ؟ މަންމަ ކުރި ކުށަކަށް އަހަންނަށް ތިހެން ތި ހަދަނީ ކީއްވެ؟" ޝާޔާ އަށް ރޮމުން ބުނެވުނެއެވެ. ވާނީ ވެސް އެހެން ތާއެވެ. މީހަކު ކުރާ ކުށަކަށް އެހެން މީހަކަށް އޭގެ ބަދަލު ދޭންވީ ކީއްވެ ހެއްޔެވެ؟
ސަވާދަކީ ކިޔަވައިންގެ ހުރި މީހެއް ނަމަވެސް އޭނައަކީ އެއްވެސް މީހެއް ނޫންކަން ޝާޔާ ގަބޫލްކޮށްފި އެވެ. އަމިއްލަ ދަރިއަކާ މެދު ކަންތައްތައް ކުރަން އެ އުޅޭ ގޮތުން އެއީ ތިމާގެ ބައްޕައެއްގެ ލަގަބު ވެސް ދޭން ޖެހޭވަރުގެ މީހެއް ނޫންކަން ޝާޔާ ނިންމި އެވެ.
ސަވާދު މަޑުމަޑުން ޝާޔާ އާ ކައިރިވަމުން ދިޔަ އެވެ. އެކަމުގައި ޝާޔާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.
"ނޫން ބައްޕާ…ނޫން…." ޝާޔާ ބާރަށް އަނެއްކާ ވެސް ހަޅޭއްލަވައިގަތެވެ. ޝާޔާ ބޭނުންވީ ކޮއްކޮމެންނަށް އެ އަޑުއިއްވުމަށެވެ.
"ކާކަށް އިއްވަން ހަޅޭއް ތިލަވަނީ؟ މިހާރު މި ގެއަކު ކަލޭގެ އެއްވެސް ކޮއްކޮއެއް ވެސް ނުހުންނާނެ. އަހަރެން މި އައީ ކަލޭގެ ކޮއްކޮމެން ކަލޭގެ ލޯބިވާ މަންމަ ކައިރިއަށް މާލެ ފޮނުވާފައި." ސަވާދު، ޝާޔާގެ މޫނުގައި ބީހިލުމާ އެކު ބުނެލިއެވެ.
ޝާޔާ ވަރަށް ބާރަށް ސަވާދުގެ މޫނުގައި ޖެހި އެވެ. ސަވާދަށް ލިބުނީ ކުއްލި ސިހުމެކެވެ. ސަވާދުގެ ހަޔާތުގައި ވެސް މީހަކު ޖެހި ފުރަތަމަ އެތި ފަހަރެވެ. އޭނަގެ ރުޅި ކޮންޓްރޯލެއް ނުވި އެވެ.
ނަމަވެސް ޝާޔާ ކިތަންމެ ނުރުހުމެއް ދެއްކިޔަސް ސަވާދު އޭނަގެ މަޤްސަދު ހާސިލްކޮށްފި އެވެ. ހިތް ނޭދުނަސް ތަޤްދީރާ ދެކޮޅެއް ޝާޔާއަކަށް ދެނެއް ނުވެވޭނެ އެވެ. ޝާޔާގެ އިއްފަތްތެރިކަން އެ ފޭރިގަތީ އޭނާގެ ބައްޕަ އެވެ.
"ސޮރީ ޝާޔާ…" ސަވާދު ހަމަޖެހިލާފައި ބުނެލި ޖުމްލައިން ޝާޔާގެ ހިތަށް ހީވީ ތޫނު އެއްޗެއް ހެރުނު ހެންނެވެ.
"ހަނދާން ކުރާތި މި ކަންތައްތައް އެއްވެސް މީހެއް ކައިރީގައި ބުނެފިއްޔާ އަހަރެންގެ ހުރި ނުލަފާކަން ކަލެއަށް ދައްކާނަން." ސަވާދު އޭނަގެ ޖިންސުގެ ގޮތް އަޅުވަމުން ބޭރަށް ނިކުތެވެ.
ދޮރު ތަޅުލުމަށް ފަހު އެނދުމައްޗަށް ވެއްޓި އޮވެ ބާރަކަށް ރޯން ފަށައިފި އެވެ. އޭނަގެ އުފާވެރި ދިރިއުޅުމަށް، އުފަލުގެ ބަދަލުގައި ދެވިފައި ވަނީ ހިތާމަ އެވެ. ވަދެވިފައިވާ އަނދިރި ދޮރުން އަލިކަމުގެ ތެރެއަށް ނިކުންނަން ނޭގޭނެ އެވެ. މީހުންގެ ކުރިމަތީގައި އިއްޒަތާއި ޤަދަރު ގެއްލިގެން ދާނެތީ އެވެ.
ވިއްސާރައިގެ ބާރު ވައި ދުނިޔެ މައްޗަށް ވެރިވެގަތެވެ. ތޫފާނެއްގެ ރޯޅިހެން ވައިބާރުކޮށްލި އިރު ގަސްތައް ސަލާމަތަށް އެދި ތެޅެން ފެށި ކަހަލަ އެވެ.
ވިދާ ގުގުރަން ވެސް ފަށައިފި އެވެ. ނާހިލް ބޭނުންވީ ވާރެ އާ ތެމޭށެވެ. ދެރަވީ އެކަނި ވާރެއާއި ތެމެން ޖެހޭތީ އެވެ. އެކަމަކު މިއޮތް ވިއްސާރައިގައި ވަކި ދާނީ ވެސް ކޮންތާކަށް ހެއްޔެވެ؟ ގޭގެ ވަށައިގެން ފާރު ރާނާފައި ހުރި ގޮތުން ދާނެ ވަކި ތަނެއް ނެތެވެ. އެހެން ނޫނަސް އެކަނި ބޭރަށް ދާން ނާހިލް އަދި މުޅިން އަލެވެ.
ނާހިލް ބޭނުންވީ އެކަނި ނަމަވެސް ބޭރު ބަލައިލަން ނިކުތުމަށެވެ. ހެދުން ބަދަލު ކުރުމަށް ފަހު ނާހިލް ނިކުތީ ބޭރަށެވެ. އެކަނި މާއެކަނި ބޭރުގައި ވާރެ އާއި ތެމެން ފަށިފި އެވެ.
ބޯކޮށް ވާރޭ ވެހެމުން ދިއުމުގެ ސަބަބުން ކައިރީގައި މީހަކު ހުއްޓަސް ނުފެނެ އެވެ.
ބާރު ސްޕީޑުގައި ދިޔަ ކާރެއްގައި ނާހިލް ޖެހި ވިއްސައިގެން ދިޔަ ގޮތަށް ގޮސް ޖެހުނީ ފާރެއްގަ އެވެ. މުޅި މީހާ ލެއިން ތައްތެޅި ބިމުގައި ވަނީ ލޭގެ ކޯރެކެވެ.
(ނުނިމޭ)