ރާއްޖެއިން އިއްޔެ ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 81 އަހަރުގެ އަންހެނަކު ހިމެނިއްޖެއެވެ.
ރާއްޖެއިން އިއްޔެ ކޮވިޑް19 އަށް ޕޮޒިޓިވްވީ އެންމެ 9 މީހުންނެވެ. އެއީ ހަތް ދިވެހިންނާއި ބަންގްލަދޭޝް ދެ މީހެކެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އެވްރެޖު އުމުރު އުޅެނީ 25 އަހަރާއި 53 އަހަރާއި ދެމެދުގައެވެ. ރާއްޖެއިން އިއްޔެ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ދޮށީ މީހަކަށް އުޅެނީ 81 އަހަރުގެ މީހެކެވެ.
މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން އެންމެ ދުވަސްވީ މީހަކީ އުމުރު 92 އަހަރުގެ މީހެކެވެ.
އިއްޔެއަކީ ރާއްޖެއިން މި ބަލި ކޮމިއުނިޓީ ސްޕްރެޑެއްގެ ގޮތުގައި ފެތުރެން ފެށިފަހުން އެންމެ މަދުން މީހުން ޕޮޒިޓިވްވި ކަމަށް ދެއްކި ދުވަހެވެ. އިއްޔެ ޕޮޒިޓިވްވި މީހުންނަށްވުރެ ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ޖުމްލަ 36 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
މިއާއެކު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 644 އަށް އަރައިފައެވެ. އެއީ ޖުމްލަ އަދަދުގެ 34.8 ޕަސެންޓެވެ