އައްޑޫ ލިންކު ރޯޑުގައި ރޭ ދަންވަރު ދެ ކާރު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެއްކާރު ލިންކު ރޯޑުގެ އަރިމަތިން ގޮސް މޫދަށް ވެއްޓިއްޖެއެވެ.
ހިތަދޫ ޕޮލިސް ސްޓޭޝަން ކުރިމަތިން ހިނގި މި އެކްސިޑެންޓު ހިނގާފައިވަނީ ދެކޮޅަށް ދުއްވާފައި ދިޔަ ދެ ކާރު ޖެހިގެންނެވެ. މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ. ނަމަވެސް ދެ ކާރަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ.
މި އެކްސިޑެންޓުގައި އެއް ކާރު ކޮންޓްރޯލް ނުވެ ލިންކު ރޯޑުގެ އަރިމަތިން މޫދަށް ވެއްޓިފައިވާ އިރު އަނެއް ކާރު ވަނީ ކޮންޓްރޯލް ނުވެ މަގުގެ އަރިމަތީގައި ހުރި ލައިޓު ޕޯސްޓުގައި ޖެހިފައެވެ.
މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.