މާލެ ސަރަހައްދަށް އިތުރު ހިކިފަސް ބޭނުންވާ ސަބަބަކީ ބޯހިޔާވަހިކަމާއި ތޮއްޖެހުން ކުޑަ ކުރުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެންވަޔަރަމަންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭގެ) ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމާ ރައްޔިތުން މަޖިލީހުގެ އިދާރާގައި ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ތަރައްގީގެ ގިނަ މަސައްކަތްތަކަކުން ތިމާވެއްޓަށް ނުރަނގަޅު އަސަރު ކުރާ ކަމަށެވެ. އަދި ވިދާޅުވީ މާލެ ސަރަހައްދަށް އިތުރު ހިކިފަސް ބޭނުންވާ ސަބަބަކީ މާލޭގައި ދިރިއުޅުއްވާ "އެހެންގޮތެއް ނެތް" ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ކަމަށެވެ. އަދި މާލެ ސަރަހައްދަަށް އިތުރު ހިކިފަސް ބޭނުންވާ އަނެއް ސަބަބަކީ މި ސަރަހައްދު ތޮއްޖެހުން ކުޑަ ކުރުން ކަމަށެވެ.
ނަޝީދު ވިދާޅުވީ ނައީމް އަކީ ތިމާވެއްޓާއި ބެހޭ ކަންކަމުގައި ތަޖުރިބާކާރު ބޭފުޅެއް ކަމަށެވެ.
Tharaqqeege gina masakkaiythakun thimaavettah nurangalhu asarukurey.Male’ sarahahdhah ithuru hikifas beynumee Male’ ga dhiriulhuva ehengothehneiy gina rayyithunah boahiyavahikan hoadhadhinumah adhi mi sarahadhu thohjessun huttuvunves muhimmu.EPA ge DG akee thajribakaaru beyfulheh pic.twitter.com/lpWh4fX0I7
— Mohamed Nasheed (@MohamedNasheed) June 7, 2020
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު ގުޅީފަޅު ޕޯޓު މަޝްރޫއުއާ ގުޅިގެން އެ ސަރަހައްދު ހިއްކަމުން އަންނާތީ އެމަނިކުފާނު އިސްވެ އުފައްދަވާފައިވާ ތިމާވެށީގެ ޖަމިއްޔާ އަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެގޮތުން ރައީސް ނަޝީދުގެ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްއިން ރައްޔިތުންގެ މަޖިލީހާއި ކަމާއި ގުޅޭ އެހެނިހެން އިދާރާތަކަށް ގޮވާލާފައި ވަނީ ގުޅީފަޅު ހިއްކުމުން ތިމާވެއްޓަށް ގެއްލުން ލިބޭ ކަމަށް ބުނެ މަދަނީ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ތަރައްގީކުރުމުގެ ގޮތުން އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން އެތަނުގެ ވަށައިގެންވާ ފަރުތަކަށް ބޮޑެތި ގެއްލުން ވަމުންދާކަމަށް ބުނެއެވެ.