Last Updated: November 23, 21:59
Saturday, November 23, 2024
ދުނިޔެ

ސްޕެއިންގެ ކަރަންޓީނު އުސޫލުތަކާއި ޚިލާފުވުމުން ބެލްޖިއަމްގެ އަމީރު ޖޫރިމަނާކޮށްފި

Photo: Republic Work

ކަރަންޓީނު އުސޫލުތަކާއި ޚިލާފު ވުމުން ބެލްޖިއަމްގެ އަމީރު ޖޯޗިމް، ސްޕެއިން އިން ޖޫރިމަނާ ކޮއްފިއެވެ.

އަމީރު ޖޯޗިމް ޖޫރިމަނާ ކުރެވުނީ އޭނާ ސްޕެއިން އަށް ދަތުރު ކުރުމަށްފަހު އެޤައުމަށް ދިޔުމަށް ފަހު 14 ދުވަސް ވަންދެން ކަރަންޓީނު ނުވުމުންނެވެ. އަދި އޭނާ ވަނީ އެޤައުމުގެ ކޯޑޮބާގައި މޭއި 26 ވަނަ ދުވަހު އޮތް ޕާޓީއަކަށްވެސް ގޮސްފައެވެ. އޭނާ ފަހުން ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ކަންވެސް އެނގިފައެވެ. މިކަމާއި ގުޅިގެން މީގެ ކުރިން އޭނާ ވަނީ މާފަށްވެސް އެދިފައެވެ.

ނަމަވެސް ސްޕެއިން އިން ވަނީ އަމީރު ޖޯޗިމް 10،400 ޔޫރޯ (11،800 ޑޮލަރު) އިން ޖުރުމަނާ ކޮށްފައެވެ.

ޖުރުމަނާ ކުރުމުގެ ރަސްމީ ސަބަބެއް ކަމުގައި ބަޔާން ކޮށްފައިވަނީ އިންޓަރންޝިޕް ފުރިހަމަ ކުރުމަށް މޭއި 24 ވަނަ ދުވަހު ސްޕެއިން އަށް އެތެރެވެ، 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ނުކުރުމެވެ. މިކަމަށް އަމީރު ޖޯޗިމް ވަނީ އިރުތިރާފު ވެފައެވެ. ޖުރުމަނާގެ ފައިސާ 15 ދުވަހުގެ ތެރޭގައި ދައްކައި ޚަލާސް ކުރަން އޭނާއަށް ވަނީ އަންގާފައެވެ.

މިކަމާއި ގުޅިގެން އަމީރު ޖޯޗިމްގެ ފަރާތުން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.