އައްޑޫ ސިޓީ ހިތަދޫ ގައި ދިރިއުޅޭ ބަނގްލަދޭޝް ރައްޔިތަކު އެރަށު މަގެއް މަތިން ހޮވި އެއްލައްކަ ރުފިޔާ ހިތަދޫ ޕޮލިސް ސްޓޭޝަނާއި ހަވާލު ކުރުމުން އޭނާގެ ތެދުވެރިކަމާއި އިހްލާސްތެރިކަން ފާހަގަކޮށް އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން އޭނާއަށް ހަނދާނީ ސެޓްފިކެޓަކާއި ހަދިޔާއެއް ދީފިއެވެ.
އިއްޔެ އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން އޭނާއަށް ހަނދާނީ ސެޓްފިކެޓާއި ހަދިޔާ ހަވާލުކޮށްދެއްވީ ސައުތު ޕޮލިސް ޑިވިޒަން ގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަމީން އަބްދުލް ޤައްޔޫމެވެ.
އެ ބައްދަލުވުމުގައި ފައިސާގެ ފަރާތުންވެސް އެ ބިދޭސީ މީހާ އަށް ފައިސާގެ އިނާމާއެކު އޭނާ ހިންގާ ހޮޓަލުން އެއްމަސް ދުވަހުގެ ހިލޭ ކެއުން ވަނީ ހަމަޖައްސައި ދީފައިވެއެވެ. އަދި އެއްވެސް ދުވަހަކު ވަޒީފާއެއް ނެތިގެން ގޮސްފިނަމަ ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް އެމީހާ ބުނެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކަމާލް ހޮސައިން ނަމަކަށް ކިޔާ އެމީހާ އަށް އެއްލައްކަ ރުފިޔާ މަގުމަތިން ފެނިފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. އޭނާއަށް އެފައިސާ ފެނުމުން ހިތަދޫ ޕޮލިސް ސްޓޭޝަނާ ހަވާލުކުރުމުން ފުލުހުން ވަނީ ފައިސާތަކުގެ ވެރިފަރާތް ހޯދައި މި މަހުގެ 6 ވަނަ ދުވަހު މެންދުރުގެ ވަގުތެއްގައި އެފައިސާ ވެރިފަރާތަށް ރައްދުކޮށްދީފައެވެ.