ސަދަން ޔުޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) އާއި އިނގިރޭސިވިލާތުގެ ބައިވޯޓަ ކުންފުނި ގުޅިގެން އައްޑޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ މަސައްކަތުގައި ބޭނުން ކުރި ވެހިކަލެެއް އެ މަސައްކަތުގައި އިސްކޮށް އުޅުއްވި ފަރާތަކުން އަމިއްލަ ކަންކަމަށް ބޭނުން ކުރަމުން އަންނަކަން ވަަރަށް އިތުބާރު ހުރި ގޮތަކަށް އެނގިއްޖެ އެވެ.
މަަަސައްކަަތަށް ގެނައި ވެހިކަލްތަކުގެ ތެރެއިން ހުޅުމީދޫގައި ބޭނުން ކުރި ވެހިކަލްތަކުގެ ތެރެއިން، ވެހިކަލެއް އެސްޔޫއެލް އާ ހަވާލު ނުކޮށް އަމިއްލަ އެއްޗެެއްްގެ ގޮތުގައި ބޭނުން ކުރަނީ އެސްޔޫއެލް އާއި ބައި ބޯޓަ ގުޅިގެން އުފެއްދި ބައިވޯޓަ މޯލްޑިވްސްގެ ވެރިއަކަށް ހުންނެވި މީދޫ އަރިވަރު އަލީ ޝަހީމެވެ.
އޭނާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އުފެއްދި ހެލްތު ކޯޕަރޭޝަންގެ ތެރެއިން ސަދަން ހެލްތު ސާވިސަސް ކޯޕަރޭޝަން (އެސްއެޗްއެސް) ގެ ޗެއާމަންގެ މަގާމު ވެސް ކުރިން އަދާ ކުރެއްވި ބޭފުޅާ އެވެ.
މަސައްކަތްތައް ނިންމުމަށް ފަހު އެސްޔޫއެލް (މިހާރު ފެނަކައިގެ ދަށުގައި) ހިތަދޫގައި ބޭނުން ކުރި ވެހިކަލް އެސްޔޫއެލް އާ ހަވާލު ކުރި ނަމަވެސް ހުޅުދޫގައި ބޭނުން ކުރި ވެހިކަލް އެ ކުންފުންޏާ ހަވާލު ނުކޮށް އެ ޕްރޮޖެޓާ އޭރު ހަވާލުވެ ހުންނެވި ޝަހީމު ގެންދަވަނީ ބޭނުން ކުރައްވަމުންނެވެ.
"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި މަސައްކަތަތްކަށް ގެނެސްފައިވާ ހުރިހާ ތަކެއްޗަކީ ވެސް ސަރުކާރުގެ ފައިސާ ޚަރަދުކޮށްގެން ހޯދާފައިވާ ތަކެތި ކަމަށްވާތީ އެ ތަކެތި އެސްޔޫއެލް އާ ހަވާލު ކުރަން ޖެހޭ ގޮތަށްވަނީ އެއްބަސްވެފަ އެވެ.
އެހެން ނަމަވެސް ބައިވޯޓާ އިން ހުޅުމީދޫގައި ގާއިމް ކުރި ފެން ޕްލާންޓް ހައުސްގެ މަސައްކަތުގައި ބޭނުން ކުރި ވެހިކަލް ހަވާލް ނުކޮށް އެ މަސައްކަތްތައް ކުރުވަން އިސްކޮށް ހުންނެވި ޝަހީމު އަމިއްލަ އެއްޗެއްގެ ގޮތުގައި ބޭނުން ކުރާތީ ވަރަށް ގިނަ ބަަޔަކު ދަނީ މިކަމާ ކަންބޮޑުވުން ވެސް ފާޅު ކުރަމުންނެވެ.
އަދި އެ ކަމަކީ ކޮރަޕްޝަނަށް ވެސް މަގުފަހިވާ ކަމެއް ކަމަށްވުމާ އެކީ ކަމާ ބެހޭ ފަރާތްތަކުން، ޝަހީމް އެ ވެހިކަލް ބޭނުން މުރާ މައްސަލަ ބަލަން ޖެހޭނެ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
އައްޑޫގެ ފެނާއި ނަރުދަމާ ގާއިމު ކުރަން އެކުލަވާލި 42 މިލިއަން ޑޮލަރު (540 މިލިއަން ރުފިޔާ) ގެ މި ޕްރޮޖެކްޓް މިހާތަނަށް ހިންގާފައި ވަނީ ވެސް ބައި ވޯޓާ އިން ހަރަދު ކުރަން ޖެހޭ 17 މިލިއަން ޑޮލަރުގެ ތެރެއިން އެއްވެސް ފައިސާއެއް ނުހޯދައި، ސަރުކާރުން ހަރަދު ކުރި 15 މިލިއަން ޑޮލަރުން އެކަންޏެވެ. އަދި މަސައްކަތުގައި ބޮޑެތި މައްސަަލަތަކެއް ހުރިކަން މިހާރު ވަނީ ފެންނަން ފަށާފަ އެވެ.
އެގޮތުން ހިތަދޫގައި ވަޅުލާފައިވާ ފެން ހޮޅިތަކުން ލީކްވާތީ އެ މައްސަލަ ހައްލު ކުރަން މިހާރު ވަނީ ޖެހިފަ އެވެ.
މީގެ އިތުރަށް ސާކް ސަމިޓާ ދިމާކޮށް ފުލުހުންނާއި ސިފައިން ލައްވައި ބޮޑެތި މަސައްކަތްތަކެއް ކުރުވައި، އޭގެ ފައިދާ އެތައް މިލިއަނުން އެސްޔޫއެލް އިން ވެސް ވަނީ ނަގާފަ އެވެ.