އިންޑިއާގައި 500 ރޭލު ކެރިޖު ކޯވިޑް-19 އަށް ފަރުވާ ދޭ ވޯޑުގެ ގޮތުގައި ބޭނުން ކުރުމަށް އެޤައުމުން ނިންމައިފިއެވެ.
މިގޮތަށް އެޤައުމުން ނިންމާފައި ވަނީ ދިއްލީގައި ކުއްލިއަކަށް ކޯވިޑް-19 ގެ ކޭސްތައް ގިނަ ވަމުން ދިއުމުންނެވެ. އެގޮތުން މިހާރު ނެގުމަށް ހަމަ ޖެހިފައިވާ 500 ރޭލު ކެރިޖުގެ ސަބަބުން ކޯވިޑް-19 އަށް ފަރުވާ ކުރުމަށް ދިއްލީގައި އިތުރު 8000 އެނދު އުފެދިގެން ދާނެއެވެ.
އެޤައުމުގައި މިކަމަށް ރޭލު ބޭނުން ކުރެވެން ފުރަތަމަ ފެށުނީ އެޕްރިލް މަހުގެ ތެރޭގައެވެ. ފުރަ ބަންދުގައި އޮތުމާއެކު، ރޭލު ދަތުރު ކުރުން ހުއްޓިފައި އޮތުމުން ރޭލުތައް ވޯޑަށް ބަދަލު ކުރުން އެޤައުމަށް ވެގެން ދިޔައީ ފަސޭހަ ކަމަކަށެވެ.
ރޭލުގެ އިތުރުން 40 ހޮޓެލާއި 77 ބެންކުއެޓް ހޯލްގެ އިތުރުން ނަރސިންގ ހޯމްތައްވެސް ކޯވިޑް-19 އަށް ފަރުވާ ކުރުމަށް ހަމަޖައްސަން އެޤައުމުން ވަނީ ނިންމާފައެވެ.
މިކަން އިއުލާން ކުރީ އެޤައުމުގެ ހޯމް މިނިސްޓަރ އަމްރިތު ޝާހުއެވެ. މިކަމާއި ގުޅިގެން ޝާހު ވަނީ އެ ސިޓީގެ ޓެސްޓު ކުރުން އިތުރު ކުރުމަށް ވެސް ނިންމާފައިވާ ކަން ހާމަކޮށްފައެވެ.
އިންޑިއާގައި މިހާރު ދުވާލަކަށް 12،000 ބައްޔަށް ޕޮޒިޓިވް ވަމުން ދާއިރު، އެޤައުމަކީ ދުނިޔޭގައި 4 ވަނަ އަށް އެންމެ ގިނައިން ކޯވިޑް-19 ޖެހިފައިވާ މީހުން ތިބި ޤައުމެވެ.