Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

ބަސް އަހައިގެން މާސްކު އަޅަން ބްރެޒިލްގެ ރައީސަށް އެޤަޢުމުގެ ޤާޟީއެއް އަމުރު ކޮށްފި

ބަސް އަހައިގެން މާސްކު އެޅުމަށް ބްރެޒިލްގެ ރައީސުގެ މައްޗަށް އެޤައުމުގެ ޤާޟީ އެއް އަމުރު ކޮށްފިއެވެ.

ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮރާނޯ އަށް މާސްކު އެޅުމަށް އަމުރު ކޮށްފައި ވަނީ އެޤައުމުގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅު ތަކާއި ތަކުރާރުކޮށް ޚިލާފު ވުމުންނެވެ. އެގޮތުން އޭނާ ވަނީ މުޒާހަރާ، ފިހާރަ، އަދި ފްލޯޓިންގ ބާބެކިއު އެއްގައިވެސް ނުބައިކޮށް، ނުވަތަ އެއް ގޮތަކަށްވެސް މާސްކު އެޅުމެއް ނެތި ހަރަކާތްތެރި ވެފައެވެ.

ކޯވިޑް-19 ޖެހިގެން އެޤައުމުގައި 50،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، ބޮލްސޮރާނޯގެ މައްޗަށް އަމުރު ކުރި އެޤައުމުގެ ފެޑެރަލް ޤާޟީ ވަނީ ބޮލްސޮރާނޯގެ އަމަލު ތަކަކީ އެންމެ ލުއި ކޮށް ބަލާއިރު ވެސް "ބޭއަދަބީ" އަމަލުތަކެއް ކަމުގައި ބުނެފައެވެ.

ޤާޟީ އިތުރަށް ބުނެފައިވަނީ ބޮލްސޮރާނޯ އަކީ ބްރެޒިލްގެ ވެރި ރަށް ކަމަށްވާ، ފެޑެރަލް ޑިސްޓްރިކްޓްގެ ޤާނޫނަށް ވުރެ މަތީ މީހެއް ނޫން ކަމަށެވެ. އަދި އެހެން ކަމުން، ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާ ފައިވާ ފިޔަވަޅު ތަކާއި ޚިލާފު ވާނަމަ، ކޮންމެ ދުވަހަކަށް 2000 ރެއިއަސް ނުވަތަ 310 ޕައުންޑުން ޖުރުމަނާ ކުރުމަށް ނިންމާފައެވެ.

ބޭރު ތެރޭގައި އުޅޭ އިރު މާސްކު އެޅުން ބްރެޒިލްގައި ވަނީ އޭޕްރިލް މަހުގެ ތެރޭގައި ލާޒިމު ކޮށްފައެވެ.