ރާއްޖޭގެ ކޮމިޝަނަރު އޮފް ޕޮލިސް އަކީ ވެސް އަދި ފަނޑިޔާރު މަނިކުފާނަކީ ވެސް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ޖިނާއީ ތަހުގީގުވެސް މަޖިލީހުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ނަޝީދު މެންބަރަކަށް ހުންނަވާ ޖުޑީޝަލް ސާވިސް އިން ކޯޓުތައް އެ ކޮމިޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ރައީސް ނަޝީދު މުޅި ރާއްޖޭގެ އިސްލާހީ މަސައްކަތްތައް ކިލަނބު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕޮލިސް ކޮމިޝަނާ އަދި ބޮޑު ފަނޑިޔާރު މަނިކުފާނަކީ މަޖިލީސް ރައީސަށް ވުމުން ފުރިހަމަ ޑިކްޓޭޓަރަކަށްވެ ނިމިފައިވާ ކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި ވަކި ކުށްތައް ކުށަށް ނުވާކަން ފޮޓޯތަކުން ފެންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޖަމީލް މިފަދައިން ވިދާޅުވެފައި މިވަނީ ދާދިފަހުން ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ބަލަން ފަށާ އެ މައްސަލާގައި އަނިޔާ ލިބުނު އަންހެން މީހާ ހާޒިރު ކުރުމަށް ނިންމާފައި އޮތުމުންނެވެ.