ސިބްކޯ އިން އަލަށް ތައާރަފު ކުރާ ފްލޯޓިންގ ފިހާރައަށް ކެޕްޓަނަކު ހޯދަން އެކުންފުނިން އިއުލާނު ކޮށްފިއެވެ.
މާލެއިން ދެކުނުގެ އަތޮޅުތަކަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ މި ފްލޯޓިންގ ފިހާރަ އަވަސް މުސްތަގުބަލެއްގައި ލޯންޗު ކުރާނެ ކަމަށް ސިބްކޯ އިން މައުލޫމާތު ދެއެވެ.
ފުޅާ ދާއިރާއެއްގައި އިމްޕޯޓް މުދާ ހޯލްސޭލް ކުރަމުން އަންނަ ސިބްކޯ އިން ސަޕްލައި ބޯޓެއް ފިހާރައަކަށް ބަދަލުކުރީ ސިބްކޯ އިން އެތެރެކުރާ ބާވަތްތަކަށް ލިބެމުން އަންނަ ތަރުހީބު ބޮޑުވާން ފެށުމުންނެވެ. ސިބްކޯ އައްޑޫ ބްރާންޗުން ފުވައްމުލަކު ބްރާންޗަށް ތަކެތި ގެންދިއުމަށް ހަމަޖެއްސި މިބޯޓުން ދެކުނުގެ އަތޮޅުތަކުގައި އެކި ރަށް ރަށަށް މަޑުކުރުމަށް ފަހު އެއްޗެހި ވިއްކަމުންދާނެއެވެ.
މި މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުން hr@sibco.com.mv ސީވީ ފޮނުވުމަށް ކުންފުނިން އެދެއެވެ. މި މަގާމާށް ހޮވޭ ފަރާތް ހުންނާނީ ބޯޓު ދަތުރު ފެށެންދެން ރ. އިންނަމާދޫގައެވެ. ޝަރުތު ހަމަވާ ފަރާތްތަކުން ހުށައެޅުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.